އެފްރިކާގެ މާލީއަކީ ކުރިން ފަރަންސޭސިންގެ ނުފޫޒު ގަދަ ގައުމެކެވެ. ނަމަވެސް މާލީން ވަނީ ޔުކްރެއިންގައި ރަޝިޔާއިން ހިންގާ ހަނގުރާމަގައި ރަޝިޔާއަށް ތާއީދުކޮށް ނޭޓޯއާ ދެކޮޅަށް ނިކުމެފައެވެ.

މާލީގައި ރަޝިޔާގެ ނުފޫޒު އިތުރަށް ގަދަވަމުން ދިއުމުން ފަރަންސޭސިވިލާތާކއި ރަޝިޔާއާ ދެމެދު ސިޔާސީ ކުރިމަތި ލުމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ރަޝިޔާއިން ވަނީ މާލީއަށް ބޭނުންވާ އަސްކރީ ސާމާނުތައްވެސް ސަޕްލައި ކޮށްދީ އެގައުމުން އައިސިސް އަލްގައިދާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީވެ ދީފައެވެ. މާލީގައި މީހުން ވަނީ ފަރަންސޭސިން އެގައުމުން ބޭރު ކުރުމަށް މުޒާހަރާވެސް ކޮށްފައެވެ.