އެމެރިކާގެ ދުސްތޫރީ ގާނޫނުގެ ދާއިރާގެ އެންމެ އިސް އެއް ތަޖުރިބާކާރަކު ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ބަޣާވާތުގެ ކުށުގައި ޖިނާއީ ދައުވާއެއް އެމެރިކާ ސަރުކާރުން ކުރާނެއެވެ.

ހާވާޑް ލޯ ސްކޫލްގެ ޕްރޮފެސަރ އެމެރިޓަސް، އަދި 52 އަހަރު ވަންދެން އެ ޔުނިވަރސިޓީގައި ގާނޫނު ކިޔަވައިދެއްވި ލޮރެންސް ޓްރައިބް ވިދާޅުވަނީ އޭނާގެ ކުރީގެ ދަރިވަރު އަދި މިހާރުގެ އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ. ޓްރައިބްއަކީ އެމެރިކާގެ އެންމެ ފުންނާބު އުސް ގާނޫނީ މާހިރުންގެ އުސްތާޒެވެ.

ޓްރައިބް އިން

ޖެނުއަރީ 6 ގެ ބަޣާވާތުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖައިމް ރަސްކިންއާއި އެޑަމް ޝިފް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖޯން ރޮބާޓްސް އަކީ އޭނާގެ ދަރިވަރުންނެވެ.

އިއްޔެގެ އަޑު އެހުމުގައި ކޮމިޓީއަށް އިވިގެން ގޮސްފައި ވަނީ ޓްރަމްޕް އޭނާގެ ނާއިބް ރައީސަށް ހަމަލަ ދިނުމަށް މީހުންނަށް ގޮވާލި ގޮތެވެ. މި ވާހަކަތަކުގެ އަލީގައި ސީއެންއެންގައި ވާހަކަ ދައްކަވަމުން ޓްރައިބް ވިދާޅުވީ ޓްރަމްޕްއާ ދެކޮޅަށް ޖިނާއީ ދައުވާއަށް އެވަރުވެސް ފުދޭ ކަމަށެވެ. ޓްރައިބް ވިދާޅުވީ މިކަމުގައި ޖިނާއީ ކުށެއް ހިމެނޭ ކަން އެނގުމަށް ކޮންމެހެން މީހަކު ގާނޫނު ކިޔަވާން ނުޖެހޭ ވަރަށްވެސް މައްސަލަ ސާފު ކަމަށެވެ.

ސީއެންއާ ވާހަކަ ދެއްކި ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި 6 ޖެނުއަރީގެ މެންދުރުން އަނބުރައި 2ން 30:2އަށް ހިނގާފައިވާ ކަންކަން ވަރަށް ސީރިއަސް ކަމަށެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލިސްދޮށަށް ހަވަރު އެއްވެގެންއުޅުމުގެ ވާހަކަ އޭނާއަށް ދެންނެވުނެވެ. އަދި ހާލަތު މައިތިރިކުރެއްވުމަށް ފިޔަވަޅު އެޅުމަށް ދެންނެވުނެވެ. ނަމަވެސް 2؛24ގައި އޭނާ ފޮނުއްވި މެސެޖަކުން މަސްރަހު ހޫނު ވެގެން ދޔައެވެ. ޓްރަމްޕް ވަނީ އޭނާގެ ނާއިބް ރައީސް މައިކް ޕެންސަށް ހަމަލަ ދިނުމަށްވެސް މީހުންނަށް ހިތްވަރު ދެއްވާފައެވެ.

ޓްރަމްޕް ގެންނަން އުޅުނު ބަޣާވާތާ ބެހޭ ތަހުގީގު ކުރިއަށް ގެންދާ ކޮމިޓީން ވަނީ ތިން އަޑު އެހުމެއް ބާއްވާފައެވެ.