ޕާކިސްތާނުގެ ވެރިރަށް ލާހޯރުގައި މިދިޔަ ހަފްތާގައި ޖިންސީ ގޯނާގެ ގިނަ އަދަދެއްގެ މައްސަލަތަކެއް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަތައް ތަކުރާރުވުމުގެ ސަބަބުން ޕާކިސްތާނުގެ ފުލުހުން ވަނީ ޖެންޑަރ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ބާލާ ފުލުހުންގެ އޮފީސްތަކުގެ ޖުމްލަ ޕަރފޯމަންސް ރިވިއުކުރުމަށް މަސައްކަތް ފަށާފައެވެ.

ދާދި ފަހުން ހިނގި މައްސަލައެއްގައި ޕަންޖާބު ޕްރޮވިންސްގައި ފަސް ފިރިހެނަކު ވެގެން މާބަނޑު އަންހެނަކު ގޭންގް ރޭޕްކުރި މައްސަލައެއް ވަނީ ފެންމަތިވެފައިވެއެވެ. މިފަދަ އެހެން މައްސަލައެއްގައި ކަރާޗީގެ 25 އަހަރުގެ އަންހެނަކު ގޭންގް ރޭޕްކުރީ ހެނދުނުގެ ވަގުތެއްގައި ރޭލެއްގައި ތިން ފިރިހެނަކު ވެގެން ނެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން އަންހެނުންގެ ހައްގުތަކާއެކު ޕާކިސްތާނުގެ ދޯހަޅި ރެކޯޑްތައް ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. ފުޖލުހުންގެ އިދާރާތަކުގައި ޖިންސީ ގޯނާއާ ބެހޭ މައްސަލަތައް މިހާރަށް ވުރެހް ހަރުދަނާ ގޮތަކަށް ބެލުމަށް ބައްދަލު ވުންތައް ބާއްވައި މަސައްކަތް ގެންދާ ގޮތް މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފައި ވެއެވެ.