ޓައިވާން ކަނޑު އޮޅިއަކީ ޗައިނާގެ ބާރުގެ ދަށުގައިވާ ތަކެއްކަމަށް ޗައިނާއިން ބުނުމުން އެކަމަށް އެމެރިކާއިން ރައްދު ދީފިއެވެ. އެމެރިކާއިން ބުނެފައި ވަނީ ޓައިވާން ކަނޑު އޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ބައެއް ނޫންކަމަށް ޗައިނާއިން ބުންޏަސް އެމެރިކާއިން އެކަން ގަބޫލު ނުކުރާނެ ކަމަށް ބްލޫމްބާގުން ރިޕޯޓްކޮށްފިއެވެ.
ޗައިނާގެ އޮފިޝަލުން ވަނީ އެމެރިކާގެ މަސްއޫލުވެރިންނާއެކު ސިންގަޕޫރުގައި ބޭއްވި ޝެންގްރިއްލާ ޑައެލޮގްގައި ތަކުރާރުކޮށް ޓައިވާންގެ ކަނޑު އޮޅިއަކީ ޗައިނާގެ ސަރަހައްދުން ބައެއްކަން ސާބިތުކޮށްދޭން ގަދައަޅައި ވާހަކަ ދައްކަވާފައެވެ.
ޗައިނާގެ ބާރުއެޅުމާއި އަދި އެމެރިކާއިން އެކަމާ ދެކޮލަށް ވާހަކަ ދެއްކުމުން ދެ ގައުމުގެ ދެމެދުގެ މއުފެދިފައިވާ މައްސަލަތައް އިތުރަށް ހޫނުވެ އެމެރިކާގެ ސަރަހައްދީ ނުފޫޒާއި އަސްކަރީ ބާރުވެރިކަމަށް ޗައިނާއިން އާ ގޮންޖެހުމެއް ތކުރިމަތިކޮށްފާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.