ކޯރެއްގައި ބޭނި އެންމެ ބޮޑު މަސް ކެމްބޯޑިއާގައި ބާނައިފިއެވެ. ކެމްބޯޑިއާގެ މެކޮންގް ކޯރުގައި ބާނާފައިވާ މި މަހުގައި 300 ކިލޯގްރާމް ހުރިކަމަށް ވެއެވެ. ސައިންސްވެރިން ދެކޭ ގޮތުގައި މިއީ ދުނިޔޭގައި މިހާތަނަށް މީރު ފެނުގައި ބާނާފައިވާ އެންމެ ބޮޑު މަހެވެ.

މަޑިއެއްގެ ގޮތުގައި ފެންނަ މި މަހަކީ އެކޯރުން މީގެ ކުރިން ބާނާފައިވާ އެހެން މަހަކަށް ވުރެން ބަރު މަހެކެވެ. މީގެ ކުރީގެ ރެކޯޑަކީ 2005 ވަނަ އަހަރު ބާނާފައިވާ 293 ކިލޯގެ މަހެވެ. މި މަސް ބާނާފައިވަނީ ތައިލެންޑްގެ ސަރަހައްދުންނެވެ.

މެކޮން ކޯރަކީ ގިނައަދަކަށް ދިރޭ ތަކެތި މުއްސަނދި ކޯރެކެވެ. ނަމަވެސް ޑޭމްތައް ހެދުމުގެ ސަބަބުން ކޯރުގެ ތިމާވެށްޓަށް ބޮޑެތި ގެއްލުންތައް ލިބެމުން ދެއެވެ.