ރޭޗަލް ކީކީއަކީ ޕެރިސް ސަރަހައްދުގެ އިރުމަތީ ގައި އޮންނަ ވަލް ޑި މާރނޭ ދާއިރާގައި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ރޮކްސާނާ މަރަސީނިއާނޯ ބަލިކުރެއްވުމަށްފަހު ފަރަންސޭސި ޕާލަމެންޓްގެ މެމްބަރަކަށް ވެވަޑައިގެންނެވި ކަނބަލެކެވެ. އޭނާއަކީ ފަރަންސޭސި ޖުމްހޫރިއްޔާގެ ވެރިކަމުގެ ކުރިބޯށީގެ އެންމެ އުހަށް ވަޑައިގަތް ފޮޅާސާފު ކުރުމުގެ މަސައްކަތުގައި އުޅުނު ފުރަތަމަ މީހާއެވެ.
ކިކީ މަޝްހޫރުވެފައިވަނީ ފަރަންސޭސިވިލާތުގެ ތާރީޚުގައި ހޮޓެލް ދާއިރާގއއި އަންހެން މަސައްކަތްތެރިންނަށް ރަނގަޅު މަސައްކަތުގެ މާހައުލަކާއި ޕެންޝަން ހޯދައިދިނުމުގައި އެންމެ ގިނަ ދުވަސްވަންދެން މަސައްކަތް ކޮށްދިން އެކެއްގެ ގޮތުގައެވެ. އޭނާ ވަނީ އެދާއިރާގައި އޭނާ ކުރެއްވި މަސައްކަތް ކާމިޔާބު ކުރައްވާފައެވެ.