ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދެކުނު އޭޝިޔާގައި، އަންހެނުން ވަޒީފާ އަދާ ކުރާ ނިސްބަތަށް ވުރެން ސައޫދީ އަންހެނުން ލޭބާފޯސްއަށް ވަންނަ ނިސްބަތް މަތިކަމަށް ދައްކައެވެ.
އަންހެނުން ލޭބަރ ފޯސްގައި ބައިވެރިވުމުގެ ނިސްބަތް %23.6 ގައި އުޅޭއިރު ފިރިހެން ލޭބަރ ފޯސްގައި ބައިވެރިވުމުގެ ނިސްބަތަކީ %80 އެވެ. ނަމަވެސް ސައުދިއަރަބިޔާގައި އަންހެނުން ވަޒީފާއަށް ވެއްދުން މަޤްބޫލު ކަން އިންތިހާއަށް އިތުރުވެ، ފިރިހެންގެ އެސްކޯޓެއް ނެތި އަންހެނުން ދަތުރުކޮށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ލިބުމުން ލޭބަރ ފޯސްގައި އަންހެނުންގެ ބައިވެރިވުން ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
ދުނިޔޭގެ ނިސްބަތުން ލޭބާ ފޯސްގައި އަންހެނުން ބައިވެރިވުން އެންމެ ގައުމުތަކުގައި ހިމެނޭ ސައުދީ އަރަބިއްޔާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބަދަލުވެފައެވެ.
ސައޫދީ އަރަބިއްޔާގައި 2018 ވަނަ އަހަރާ ހަމައަށް ވަޒީފާއެއް ލިބިފައިވާ ނުވަތަ އަމަލީ ގޮތުން ވަޒީފާއެއް ހޯދަން މަސައްކަތް ކުރި ސައޫދީ އަންހެނުންގެ ހިއްސާ އަކީ 19.7 ޕަސެންޓެވެ. ނަމަވެސް 2020 ވަނަ އަހަރު އެ ނިސްބަތް ވަނީ %33 އަށް އަރާފައެވެ. އެހެން ގޮތަކަށް ބުނާނަމަ ލޭބާ މާކެޓުގައި ސައޫދީ އަންހެނުންގެ ހިއްސާ ވަނީ ހަމައެކަނި ދެ އަހަރު ތެރޭ ހީވެސް ނުކުރާ ވަރުގެ 64 ޕަސެންޓަށް ފުޅާވެގެން ގޮސްފައެވެ.
ސައޫދީގައި އަންހެނުން ވަޒީފާއަށް ވަނުން މަގްބޫލުވެފައި ވަނީ އުމުރުން 40އާއި 54އަހަރާ ދެމެދުގެ މީހުންގެ ތެރޭގައެވެ. ސާނަވީ ތައުލީމު ހާސިލުކޮށްގން ތިބި އަންހެނުންގެ ތެރޭން ވަޒީފާއަށް ވަން މީހުން 9 ޕަސެންޓުން 25ޕަސެންޓަށް އިތުރުވެފައި ވެއެވެ.
ސަޢޫދީ އަންހެނުން ވަޒީފާ އަދާކުރާ ނިސްބަތް، ވަނީ 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު 68 އިންސައްތައިން 76 އިންސައްތައަށް މަތިވެފައެވެ. އަދި ވަޒީފާ ނެތް އަންހެނުންގެ ނިސްބަތް ވަނީ 32 އިން 24 ޕަސެންޓަށް ދަށްވެފަ އެވެ.
އޭގެ އިތުރުން ޕަބްލިކް ސެކްޓަރަށްވުރެ، ޕްރައިވެޓް ސެކްޓަރގައި ވަޒީފާއަދާ ކުރާ އަންހެނުން މާގިނަ އެވެ. އެގޮތުން، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ސަޢޫދީ އަންހެނުން ސަރުކާރު ވަޒީފާގައި އުޅޭ ނިސްބަތް ވަނީ 5 ޕަސެންޓުން 10ޕަސެންޓަށް އިތުރު ވެފައެވެ.