ސްރީލަންކާގެ ޖެފްނާގެ ކަންކެސަންތުރާއީ ބަނދަރު ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން 45 މިލިއަން ޑޮލަރުގެ މާލީ އެހީ ދޭން ނިންމައިފިއެވެ. ސްރީލަންކާ ސަރުކާރުން ބުނަނީ ކަންކެސަންތުރާއީ ބަނދަރަކީ އަވަސް ގޮތަކަށް ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރެއްކަމަށެވެ.

މި ބަނދަރު ތަރައްގީ ކުރުމަށް ފަހު، އަމާޒު ކޮށްފައި ވަނީ ސީދާ އިންޑިއާއިން މުދާ އުފުލުމުގެ ދަތުރުތައް ފަށާށެވެ.

ސްރީލަންކާ ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކުން މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މި ބަނދަރު ތަރައްގީ ކުރުމުން ސަރަހައްދުގައި ފުރިހަމަ ވިޔަފާރި ބަނދަރަކަށް ވެގެންދާނެ ކަމަށާއި، އަދި މި ބަނދަރު ސަރަހައްދީ ކަނޑު ދަތުރުފަތުރުގެ މައި ހަބަކަށް ހެދުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.