ޗައިނާއާއި ސޮލޮމަން އައިލެންޑްސްއާ ދެމެދު ސަލާމަތީ އެއްބަސްވުމެއް އެކުލަވާލި ކަމުގެ ޚަބަރު ތަކެއް ފެތުރުމާގުޅިގެން އެމެރިކާގެ ޚާރިޖީ އެހީދޭ އޭޖެންސީގެ އޮފިޝަލުން ވަނީ އެ އެއްބަސްވުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ އެހީދޭ އެޖެންސީގެ މަސްއޫލުވެރިން ވިދާޅުވީ އެ އެއްބަސްވުމަކީ ނުތަނަވަސް އަދި ބަދު ނަސީބު އެއްބަސްވުމެއް ކަމަށެވެ.
އަލްޖަޒީރާއިން ހޯދާފައިވާ ރަސްމީ ގޮތުން ހޯދާފައިވާ އީމެއިލްތަކުން ހާމަވާ ގޮތުގައި، އެމެރިކާގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ޔޫއެސްއެއިޑްގެ އޮފިޝަލުން، މި އަހަރުގެ ކުރީކޮޅު، ޗައިނާ ސޮލޮމަން އެއްބަސްވުމަށް އިޖާބަ ދިނުމަށް ކުރި މަސައްކަތް ހާމަވެއެވެ.
ޗައިނާއާއި ސޮލޮމޮން އައިލެންޑްސް ސަރުކާރުން ސަލާމަތީ ކަންކަމާ ބެހޭ މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގައެވެ.
ޗައިނާއިންވެސް އަދި ސޮލޮމަން އައލެންޑްސްއިންވެސް ވަނީ އަސްކަރީ މަރުކަޒެއް ގާއިމް ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް ފާއްދާލާފައިވާ އެއްބަސްވުމުން ދައްކައި ދެނީ ހަމަނުޖެހުން އުފެދިއްޖެ ހާލަތެއްގައި ޗައިނާއިން ސިފައިން އައުމަށް އެދެވިދާނެ ކަމަށެވެ. އަދި ޗައިނާގެ މަނަވަރުތަކަށް ސޮލޮމަންގައި ބަނދަރުކުރެވިދާނެ ކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު އެމެރިކާގެ މަސްއޫލުވެރިންގެ މެދުގައި ބަދަލުކޮށްފައިވާ އީމެއިލްތަކުން އެނގެނީ އެމެރިކާގެ މަތީ ފެންވަރުގައި ބޮޑެތި ނުތަނަވަސް ކަމެއް އުފެދުނު ކަމަށެވެ.
އަލްޖަޒީރާއިން ބުނު ގޮތގައި ޗައިނާގެ ޚާރިޖީ ވަޒީރު ޕެސިފިކް ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި ހީކުރެވުނު ގޮތާ ޚިލާފަށް އެގައުމުތަކުން ޗައިނާއާއެކު ވިޔާފާރީގެ އެއްބަސްވުމުގައި ސޮއި ނުކުރުމުން އެމެރިކާއިން ވަނީ ސަރަހައްދަށް ޚާއްސަ ކަންތައްތަކެއް ކޮށް ދިނުމަށް ރާވަމުންނެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި އެމެރިކާއިން އެކަން އިއުލާން ކުރަނެ ކަމަށް ވެއެވެ.