ޗައިނާގެ ހޭނާން ޕްރޮވިންސްގައި އެޕާޓްމެންޓްތައް ގަންނާނެ ފަރާތެއް ނުވުމުން ޑައުންޕޭމެންޓް ފައިސާއިން ދެއްކުމުގެ ބަދަލުގައި ގޮދަނާއި ލޮނުމެދުން ދެއްކުމަށްވެސް ބައެއް ކުންފުނިތަކުން ހުށަހަޅާފައި ވެއެވެ.
މިކަމަށް ޖަހާފައިވާ އިޝްހިހާރުތައް ރޮއެޓާސްއިންވެސް ގެނަސްދީފައިވެއެވެ.
ކުންފުނިތަކުން ބުނާ ގޮތުގައި މިގޮތަށް އިޝްހިހާރު ޖެހުމުން މީހުންގެ ޝައުގުވެރުކަން އިތުރުވެފައި ވެއެވެ. ނަމަވެސް ގަތުމަށް މީހުން ފަސްޖެހެއެވެ. އޭގެ ސަބަބެއްކަމަށް އެފަރާތްތަކުން ދެކެނީ ޗައިނާގެ އިގްތިސާދާ ބެހޭ ގޮތުން މީހުންގެ މެދުގައި އޮތް ނުތަނަވަސްކަމެވެ.