ސިންގަޕޯރގެ ރައީސްއަކީ ބުރުގާ އަޅުއްވާ ބޭކަނބަލެކެވެ. ނަމަވެސް ސިންގަޕޯރގައި ބައެއް ތަންތާގައި ބައެއް ކަހަލަ މަސައްކަތުގައި ބުރުގާ އެޅުމަށް ހުރަސްތައް ކުރިމަތިކޮށްފައި ވެއެވެ.
މިދޭތެރެއަކުން، މޯލްއެއްގައި މުދާ ޕްރޮމޯޓް ކުރުމުގެ ވަޒީފާއަށް ނެގި އަންހެނަކު ބުރުގާ އަޅާތީ އޭނާ ބުރުގާ ބޭލުމަށް އެންގުމުން އެ މައްސަލ މީސްމީޑިއާގައި ބަހުސް ކުރެވުނެވެ. އާންމުންގެ ނުރުހުން މިމައްސަލާގައި ބޮޑުވުމުގެ ސަބަބުން، އެކުންފުނިން ވަނީ ނިންމުން އަނބުރާ ގެންގޮސް އެކަމަށް މައާފަށް އެދިފައެވެ.
ސިންގަޕޯރގެ ރައީސާ ހަލީމަތު ޔަޢްގޫބު ރޮއެޓަރޒްއާ ވާހަކަ ދައްކަވަމުން ވިދާޅުވަނީ، މިކަހަލަ ކަންކަމުގައި، ތަފާތު ކުރުމަށް ފުރުސަތެއް އޮވެގެން ނުވާނެ ކަމުގައެވެ. ސިންގަޕޯރއަކީ ޒަމާނީ އުސޫލުތައް ގަބޫލުކުރާ ހުރިހައި ދީނަކާއި ހުރިހައ ނަސްލަކަށް މަރުހަބާ ކިޔާ ގައުމެކެވެ.
ސިންގަޕޯރގައި ބުރުގާ އެޅުމަކީ މަނާ ކަމެއް ނޫނެވެ. ނަމަވެސް ނަރުހުންނާއި ފުލުހުންނަށް ބުރުގާ އެޅުމަށް ހުއްދައެއް ނޯވެއެވެ. ނަރުހުން ވަޒީފާއަށް ގޮސް ތިބެނީ ބުރުގާ ނަގައިގެންނެވެ.
ސިންގަޕޯރގެ ހަތަރު މިލިއަން މުސްލިމުންގެ ތެރޭން 15 އިންސައްތައަކީ މުސްލިމުންނެވެ.
ސިންގަޕޯރގައި މީގެ ކުރިންވެސް ބުރުގާގެ ވާހަކަ އާންމު ބަހުސަކަށް ވިއެވެ. 2013ގައި ސިންގަޕޯރގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޔައުގޫބު އިބްރާހީމް ވިދާޅުވެފައި ވަނީ ވަޒީފާގެ މާހައުލުގައި ޔުނިފޯމް އަޅަން ޖެހޭ ތަންތާގައި ބުރުގާ އެޅުމަކީ މައްސަލައެއް ކަމުގައި ވެދާނެއެވެ.