އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރ ކައިރީހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ތިރީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ އެއަރޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ، 2024 ނޮވެންބަރު 23 ވަނަ ދުވަހުގެ ވަގުތެއްގައި ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

https://youtu.be/jk15pMfy5Mc

އަދި ވީޑިއޯއިން ފެންނަ އެ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.

އަދި އެ ފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.