ޝިންޖިއާންގެ އުއިގޫރު މުސްލިމުންނަށް ޗައިނާ ސަރުކާރުން ދަތުރުފަތުރުގެ އާ ހުރަސްތަކެއް ކުރިމަތިކޮށްފައިވާކަމަށް ބުނެ، އެކަން ކުށްވެރިކޮށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މިއަދު އަޑުއުފުލައިފިއެވެ. މިގޮތުން އެމެރިކާގެ މުސްލިމުންގެ ހައްގަށް މަސައްކަތް ކުރާ ކެއާރ ޖަމުއިއްޔާއިން އެމެރިކާ ސަރުކާރަށް މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ތުރުކީ ފަދަ މުސްލިމް އާބާދީ ބޮޑު އަދި ޗައިނާގެ އުއިގޫރު މުސްލިމުންނަށް "ނާޒުކު ވެދާނެފަދަ ގައުމު" ތަކަށް އުއިގޫރުން ދަތުރުކުރުން ޗައިނާ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައިވާކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރަށް ފާޑުކޔުމާއި ސަރުކާރާ ބެހޭ ވާހަކަ ދެއްކުން މަނާކޮށްފައިވާކަންވެސް މި ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާ، ކެއަރ އިން ބުނެފައ ވަނީ، ޗައިނީސް ކޮމިއުނިސްޓް ޕާޓީން އުއިގޫރު މުސްލިމުންނަށް ތަފާތުކުރުމުގެ ގޮތުން ދަތުރުފަތުރު ކުރުމަށް ކަނޑައަޅާފައިވާ ހުރަސްތައް އެފަރާތުންވެސް ކުށްވެރިކުރާ ކަމަށެވެ. އަދި މި ހުރަސްތަކާ ދެކޮޅަށް އަޑުއުފުލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމަށް އިލްތިމާސްކޮށްފައިވެއެވެ.
ޝިންޖިއާންގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ދިރާސާ ރިޕޯޓެއް އެކުލަވާލި އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލުން އެމެރިކާ ބޭރުކުރުމަށް ޓްރަމްޕް ވަނީ މިއަދު ރިއާސީ ގަރާރެއްގައި ސޮއިކުރައްވާފައެވެ. އެމެރިކާ އަކީ އިންސާނީ ހައްގުތައް ނެގެހެއްޓުމުގައި ފަހަތު ފަޔަށް ބުރަވާ. އަދި ޑިކްޓޭރޝިޕަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ގައުމެއް ކަމަށް އެމރިކާ ރައްޔިތުން ދަނީ ބުނަމުންނެވެ.
މިއީ ޗައިނާއިން އުއިގޫރު މުސްލިމުންނާ މެދު އަމަލުކުރާ ގޮތާ ބެހޭ ގޮތުން ފާއިތުވި މަސްތަކުގައި ކެއަރ އިން ނެރުނު ސިލްސިލާ ބަޔާންތަކުގެ ތެރެއިން އެންމެ ފަހުގެ ބަޔާނެވެ. މީގެ ކުރިން، އުއިގޫރު މުސްލިމް އަންހެނަކު ދަރިންނާއި އަވަށްޓެރިއަކަށް ޤުރުއާނުގެ އާޔަތްތައް ދަސްކޮށްދިން މައްސަލައިގައި 17 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމާ ދެކޮޅަށް ވެސް ކެއަރ އިން ބަޔާނެއް ނެރެ ކުށްވެރި ކުރިއެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވަމުންދާއިރު، ޗައިނާ ސަރުކާރުން މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރީގެ މައްސަލަތަކުގައި ޗައިނާއިން ބުނެފައިވަނީ އުއިގޫރު މުސްލިމުންނާ މެދު އަމަލުކުރަނީ ހަމަހަމަކަމާއެކު ކަމަށާއި، ޓެރަރިޒަމް މަނާކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ތެރޭން ކަމަށެވެ. އަދި މިމައްސަލާގައި ޗައިނާ ނުބައި މީސްކުރަނީ ޗައިނާއަށް ހުތުރު އެރުވުމަށް ކަމަށެވެ.