ކަނޑާއި، ސިނާޢީ އަދި ޢިމާރާތްތަކަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދައިދޭ އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޕީޕީޖީ ޕްރޮޓެކްޓިވް އެންޑް މެރިން ކޯޓިންގްސްގެ އެންމެ ޒަމާނީ ކޯޓިންގ ޓެކްނޮލޮޖީގެ ތަޖުރިބާ މިހާރު ދިވެހިރާއްޖޭގައިވެސް ކުރެވޭނެއެވެ. މި ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި އުޅަނދުފަހަރަށް ބޭނުންކުރާ އެންމެ ޒަމާނީ އެންޓިފައުލިންގ ސިސްޓަމްތަކާއި، މަތީ ފެންވަރުގެ ޓޭންކް އަދި ދަބަރު ނުޖެހޭ ކޯޓިންގތައް ހިމެނެއެވެ.ޕީޕީޖީ ޕްރޮޓެކްޓިވް އެންޑް މެރިން ކޯޓިންގްސްއިން ކަށަވަރުކޮށްދެނީ އެންމެ ގޮންޖެހުންތެރި މާހައުލުތަކުގައިވެސް އެންމެ މޮޅު ރައްކާތެރިކަމެވެ. މި ބްރޭންޑްގެ އުފެއްދުންތަކުން ތިޔަ ފަރާތުގެ މުދަލަށް އެންމެ މަތީ ފެންވަރާއި ދެމިހުންނާނެ ކަން ކަށަވަރުކޮށްދެއެވެ.ދިވެހިރާއްޖޭގައި ޕީޕީޖީ ޕްރޮޓެކްޓިވް އެންޑް މެރިން ކޯޓިންގްސްގެ ހަމައެކަނި ވިއްކާ އަދި އިސްތިހާރު ކުރަމުން ގެންދަނީ، އެމް.ޓީ.ސީ.ސީ އިންނެވެ. މި ބްރޭންޑްގެ މެރިން އަދި ޕްރޮޓެކްޓިވް ކޯޓިންގްސްގެ އެންމެ މޮޅު އުފެއްދުންތައް ބައްލަވައި ގަތުމަށް އެމް.ޓީ.ސީ.ސީގެ ކަޝަވަރު ޝޯރޫމަށް ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.