ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ސާރވިސް ސެންޓަރުތައް މާދަމާ ބަންދުވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެވެ.
މިއަދު އެކުންފުނިން އެކްސް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކުންފުނީގެ ސާރވިސް ސެންޓަރުތައް މާދަމާ (6 ފެބުރުއަރީ 2025) ވާ ބުރާސްފަތި ދުވަހު ބަންދުވަނީ އެ ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއްކަމުގައި ކަނޑައަޅުއްވާފައިވާތީކަމަށެވެ.
އަދި ސްޓެލްކޯގެ ސާރވިސް ސެންޓަރުތައް ބަންދުވި ނަމަވެސް، އެކުންފުނީގެ ކޮންޓެކްޓް ސެންޓަރ 1545ގެ މެދުނުކެނޑި ލިބިވަޑައިގަންނަވާނެ ކަމަަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.
މީގެއިތުރުން ސްޓެލްކޯއިން ވިދާޅުވީ ސާރވިސް ސެންޓަރުތަކުގެ ހިދުމަތްތައް 8 ފެބުރުއަރީ ވާ ހޮނިހިރު ދުވަހުން ފެށިގެން އަލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.