ކަޝްމީރުގެ އުމުރުން 27 އަހަރުގެ ހަރީބާ ޗައުދަރީ އަކީ ކަޝްމީރުގައި ރީތިވާ ސާމަނުގެ އަމިއްލަ ބްރޭންޑެއް އީޖާދު ކުރާ ފުރަތަމަ ކަމަނާއެވެ. އޭނާއަކީ ސްރީނަގަރުގެ ރައިނާވަރީ ސަރަހައްދަށް ނިސްބަތްވާ ކަނބަލެކެވެ.

އޭނާގެ ހުވަފެނަކަށް ވެފައި އޮތީ ޓްރެންޑިން ކަމެއް ކޮށްލައި އަމިއްލައަށް ކުރިމަގު އިޚުތިޔާރު ކުރުމަށް މަސައްކަތް ކުރުމަށެވެ.

ހަރީބާ ބުނަނީ، އަމއިލަ ސެލޫނެއް ހަދައިގެން އުޅުމަށްފަހު އެމަސައްކަތް އިތުރަށް ކާމިޔާބު ކޮށްލުމަށްޓަކައި އޭނާ ދިޔައީ ދިއްލީގައި "ލަކްމީ" އިންސްޓިއުޓްގައި ރެޖިސްޓްރީ ވެގެން ކޯހެއް ހަދާށެވެ.

އެނާގެ ޓްރެއިނިންއަށްފަހު އެނބުރި ކަޝްމީރަށް އައިސް އޭނާ ހަވާލުވީ މަޝްހޫރު "ވީއެލްސީސީ" ސެލޫންގެ ހިންގުމާއެވެ. ފަސް އަހަރު ވަންދެން އެހެން ބައެއްގެ މަސައްކަތުގައި އުޅުމަށްފަހު އޭނާ ވަނީ މިދިޔަ އަހަރު އަމިއްލަ ވިޔަފާރިއެއް ފަށާފައެވެ.

މިހާރު އޭނާގެ އަމިއްލަ ސެލޫން ބްރޭންޑަކާއި ރީތިވާ ސާމާނުގެ އަމިއްލަ ބްރޭންޑެއްވައި އުފައްދައި މާކެޓް ކުރަން ފަށާފައެވެ.