ތުރުކީގެ ރައީސާއި ސައޫދީ ވަލީއަހުދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ސިޔާސީ، އިގްތިސާދީ، އަސްކަރީ، ސަލާމަތީ އަދި ސަގާފީ ގުޅުންތަކުގެ އިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވެރިރަށް އަންކާރާގައި ބޭއްވެވި ރަސްމީ ރަސްމިއްޔާތަކާއެކު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް މަރުހަބާ ދަންނަވާފައެވެ.

ދެ ގައުމުގެ ގުޅިފައިވާ ބަޔާންގައި ލީޑަރުން ވަނީ ގިނަ ދާއިރާތަކަކުން ވަށާޖެހޭ ގުޅުމާއި އެއްބާރުލުމުގެ އާ ޒަމާނެއް ފެށުމަށް ދެފަރާތުންވެސް އަޒުމް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ.

އަންކާރާއާއި ރިޔާޟުން އެއްބަސްވެފައި ވަނީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ވަރުގަދަ ކުރުމަށާއި ސަރަހައްދީ މައްސަލަތަކުގައި މަޝްވަރާއާއި އެއްބާރުލުން އިތުރު ކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ދެ ލީޑަރުން ވެސް ވަނީ މެދުއިރުމަތީގެ މުސްތަގުބަލަށްޓަކައި ދެ ގައުމުގެ "ތާރީހީ އުޚުއްވަތްތެރިކަމުގެ" މައްޗަށް ބިނާކޮށް އެއްބާރުލުން ތަރައްގީކޮށް ދަމަހައްޓަން ވައުދުވެވަޑައިގެންފަ އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ފްލައިޓްތައް އިތުރުކުރުމާއި، ދެޤައުމުގެ ވިޔަފާރިތަކަށް ފައި މާހައުލެއް ގާއިމްކޮށް ލުއިދިނުމާއި، އިންވެސްޓްމަންޓްގެ ފުރުޞަތުތައް އޮޅުންފިލުވައިދިނުމާއި، ދެ ގައުމުގެ ވިޔަފާރި ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން އަލިއަޅުއްވައިލެއްވިއެވެ.

ތުރުކީއާއި ސައޫދީގެ ގުޅިފައިވާ ބަޔާންގައިވާ ގޮތުން އެކްސްޕޯ 2030 ބޭއްވުމަށް ސައޫދީގެ ހުށަހެޅުމަށް ތުރްކީއީ ތާއީދުކުރުމުން ސައުދީ އަރަބިއްޔާއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ރައީސް އުރުދުޣާން ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ސައުދީ އަރަބިއްޔާއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

އުރުދުޣާންގެ މިދަތުރުފުޅުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައޫދާއި ވަލީ އަހުދާއެކު ބައިނަލްއަގްވާމީ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެކި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އުރުދުޣާން ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ތުރްކީއަށް ވަޑައިގެން ވިދާޅުވީ އަންކާރާއާއި ރިޔާޟު އޮތީ ސަރަޙައްދުގެ ޢާންމު މަޞްލަޙަތުތަކާއި ހަމަޖެހުމަށް ޓަކައި މަސައްކަތް ކުރުމަށް ޢަޒުމް ކަނޑައަޅައިގެން ކަމަށެވެ.