ކޮވިޑް-19ގެ ނުރައްކަލާ ދެކޮޅަށް އުފެއްދި ސައިންސްވެރިންގެ ކޯލިޝަނަކުން ވަނީ މަކުނު ވިދުރިއަކީ ދުނިޔޭގެ ފެންވަރުގައި ސަމާލުވާން ޖެހޭފަދަ ކަމެއްކަމަށް ބުނެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިޔާ، ވަނީ ބަލި ނެތް 32 ގައުމަކަށް މޮންކީޕޮކްސް ވައިރަސް ފެތުރެމުންދާތީ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަވަން ނިންމަވާފައެވެ. މި ކޮމިޓީގެ ތަޖުރިބާކާރުން ބައްދަލު ކުރައްވާނީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.