ހައި ސްޕީޑް ފެރީގެ ވިއުގައަކުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ހއ. ގައި އެ ޚިދުމަތް ފެށުމަށްޓަަކައި އެކަމަށް ބޭނުންވާ ފެރީ ލޯންޗުތައް އެއަތޮޅަށް ފުރައިފިއެވެ.

މި ޚިދުމަތް އެއަތޮޅަށް ވެސް ދެނީ އެމްޓީސީސީންނެވެ. އެކަމަށް ބޭނުންވާ އުޅަނދުފަހަރު އެ އަތޮޅަށް ފުރާފައިވަނީ ހުޅުމާލެ ބަނދަރުންނެވެ.

މިއަދުފުރި އުޅަނދުފަހަަރަށް މަންޒިލަށް ދެވޭނީ މާދަމާ އެވެ. އެހެން ކަމުން އެ ޚިދުމަތް އެ އަތޮޅުގައި ފަށާނީ އާދީއްތަ ދުވަހު ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ޚިދުމަތް ފުރަަތަމަ ދެމުން ގެންދާނީ ހިލެއެވެ. އަގު ނަގައިގެން ޚިދުމަތް ފަށާނީ އަންނަ ޖުލައި މަސްތެރޭގައެވެ. މި ޚިދުމަތް މިހާރުވެސް ހދ. ގެންދަނީ ދެމުންނެވެ.

މި ޚިދުމަތުގެެ ސަބަބުންް ދަތުރުފަތުރަށް ހޭދަކުރާ ވަގުތު ސަލާމަތް ކުރެވޭނެއެވެ. މި ދަތުުރުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަރަށްބޮޑަށް ފަސޭހަ ވެގެންދާނެއެވެ.