ކުޅިވަރުގެ މައިދާނުގައި ޗައިނާގެ އިސްތިގްލާލާއި ކަރާމާތަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކޮށްފިނަމަ، އެކަމަކާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބާރުދޭގޮތަށް ޗައިނާއިން ގާނޫނަށް ބަދަލު ގެނަސްފިއެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީން ފެށިގެންނެވެ.
ޗައިނާއކީ އެގައުމަށް ފާޑު ކިޔުމުގެ މައްސަލަތަކުގައި ވަރަށް ހައްސާސް ގައުމެކެވެ. ޝިންޖިއާންގެ މައްސަލައާއި ޓިބެޓާއި ހޮންގކޮންގެ މައްސަލައިން ގޮސް އިންސާނީ ހައްގުގެ މައްސަލަތަކުގައި އަދި ކޮރޯނާގެ މައްސަލަތަކުގައި ޗައިނާއަށް ފާޑު ކިޔުން އަމާޒު ވެއެވެ.
ޗައިނާއަށް ފާޑު ކިޔައިގެން މިދިޔަ ދުވަސްތަކުގައި މަސްއޫލުވެރިންނަށް ރައްދު ދިނުމާއި ކުޅިވަރު ކުޅޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުމުގެ ކަންކަން ޗައިނާއިން ހންގާފައެވެ.
ބެލެވޭ ގޮތުގައި އެންމެ ފަހުގެ ނިންމުމަކީ ވޯލްޑް ކަޕާ ދިމާކޮށް ޝިންޖިއާން ނުވަތަ ޓައިވާނާގެ ކަމަކާ ގުޅުވައިގެން ޗައިނާއަށް ފާޑު ކިޔުން އަމާޒު ވެދާނެތީ އެކަމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް އަޅާނެ ފިޔަވަޅުތައް ސާފު ކޮށްދީފައެއް ނުވެއެވެ.