ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ވެފައިވާ ވަޢުދުތައް ފަހަތަށް ޖައްސާލުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް، ކޯލިޝަން ގެ ހުރިހާ ބައިވެރިން ގެ މެދުގައި ޤައުމީ މަޖިލީހުގައި ރުޅިވެރިކަން ފާޅުކޮށް، އެ އެލަޔަންސްގެ ހުރިހާ ބައިވެރިން ގެ މެދުގައި ކޯޅުންތައް ބޮޑުވެއްޖެއެވެ.

ޕާކިސްތާންގެ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ކޯޅުންތައް ބޮޑުވެ ގާނޫނު ހަދާ މަޖިލީހުގައި ޒުވާބަކަށް ބަދަލުވެއްޖެއެވެ. ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ވެރިކަމުން ބޭލުމަށްފަހު އެތައް ޕާޓީއެއް ގުޅިގެން ވެރިކަމަށް އައިތާ އަދި މިވީ 11 ހަފްތާއެވެ.

މި ކޮއެލިޝަންގައި އެންމެ ހަރުކަށި މުރަނަ ގޮތްތަކެއް ގެންގުޅެމުން ދަނީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ވެރިކަމުގައި އިދިކޮޅު ބެންޗުތަކުގައި ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް)ގެ އެލަޔަންސް އެކުލަވާލުމަށް ޕީއެމްއެލް-އެން އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ އިސް ބައިވެރިޔާ ޖަމުއިއްޔަތޭ އުލެމާ އިސްލާމް ފަޟުލު (ޖޭޔޫއައި-އެފް) ގްރޫޕުންނެވެ.

ޖޭޔޫއައި-އެފްއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރ ފޮރ ކޮމިއުނިކޭޝަންސް އަސަދު މެހްމޫދު ވަނީ، ރިބާގެ މައްސަލާގައި ފެޑެރަލް ޝަރިޔަތު ކޯޓްގެ ނިންމުމެއް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ މިނިންމުމަކީ އޭނާގެ ޕާޓީއާއި ބައިވެރިންނާއެކު ވާހަކަ ނުދައްކައި އަޅާފައިވާ ފިޔަވަޅެއް ކަމުގައެވެ.

ސަރުކާރަށް އެތެރޭން ގާނޫނުހަދާ މަޖިލީހުގައި ދެން ހަމަލަ ދިނީ، ޕަބްލިކް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ގަވަދާރު އިންތިޚާބީ ދާއިރާ ނުހިމަނައިގެން ސަރުކާރަށް ތާއީދު ކުރާ އެ ދާއިރގެ މެމްބަރު އަސަދު ބޫޓާނީއެވެ. އޭނާ ވިދާޅުވީ ޕީޕީޕީގެ އާސިފް ޒަރްދާރީއާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފްވެސް ތަކުރާރުކޮށް ގަވަދާރު ހިމެނުމަށް ވިދާޅުވެފައިވާއިރު ބަޖެޓްގައި ގަވަދާރު ހިމަނާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ބަލޯޗިސްތާން އަވާމީ ޕާޓީން ބުނެފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓް ހޯދަން ގަދައަލައި މަސައްކަތް ކުރި މީހުން މިހާރު ވެރިކަން ލިބުމުން ތާއީދު ކުރި މީހުން މަތިން ހަނދާން ނައްތާލީ ކަމަށެވެ.

މުއްތަހިދާ ގައުމީ މޫވްމަންޓުން ބުނީ އިމްރާން ޚާންގެ ވެރިކަން ވައްޓާލަންވެގެން ހެދި އެއްބަސްވުމުގައި ހުރި ކަންކަން ސަރކާރުން ތަންފީޒުކުރަމުން ނުދާ ކަމަށެވެ.