އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޗައިނާއަށް ޚާއްސަ ސިޔާސަތެއް ފަރުމާ ކުރާށެވެ. ޖޯންސަން ވަނީ، ޓައިވާނާ ދެކޮޅަށް ޗައިނާއިން ފިޔަވަޅެއް އަޅާފާނެ ކަމަށް ބަލައި އެކަމަށް ދުނިޔޭގެ ގައުމުތަކުން ފަރަވެރިވެ ތިބުމަށް ވެސް ގޮވާލައްވާފައެވެ.
މެޑްރިޑްގައި ބޭއްވި ނޭޓޯގެ އެއްވުމުގައި ބޮޑުވަޒީރާ އެކު ބައިވެރިވެވަޑައިގަންނަވާ އިނގިރޭސި ފޮރިން ސެކްރެޓަރީ ލިޒް ޓްރެސް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވަމުން ގެންދެވީ، ދިފާއީ ހަތިޔާރު ދިނުމާއެކު ޓައިވާނަށް އެހީވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.
ޓްރަސް ވިދާޅުވާ ގޮތުގައި ޔުކްރެއިންއަށް އެހީ ވުމުގައިވެސް ލަސްތަކެއް ދިމާވެފައި ވީއެވެ. އަދި ޔުކްރެއިންއަށް ދުރާލައި ޑިފެންސިވް ހަތިޔާރު ސަޕްލައި ކޮށްދެވުނު ނަމަ ރަގަޅުވީސް ކަމަށް ވިދާޅުވަމުން ޓްރެސް ވިދާޅުވީ ހުޅަނގުން ޔުކްރެއިންއަށް ފޮނުވި ހަތޔާރަކޖީ އެ ބޭނުން ކުރުމަށްވެސް އެތައް މަހެއްގެ ތަމްރީން ބޭނުންވާ ސަމާނުތަކއް ކަމަށެވެ.
ދެކުނު ޖަރުމަނުގައި ބޭއްވި ޖީ7 ސަމިޓުން ފެށިގެން މެޑްރިޑަށް ދަތުރުކުރައްވަމުން ގެންދެވި އިރު، މަތިންދާބޯޓުގައި ޖޯންސަންއާ ނޫސްވެރިން ސުވާލުކުރީ ޓައިވާން މައްސަލައާ ބެހޭ ގޮތުންނެވެ.
"ޖޯންސަން ވިދާޅުވީ ޓައިވާނަށް އެހީވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ބައުންޑަރީތައް ބަދަލު ކުރެވިދާނެކަމަށް ޔޫރަޕްގައި ހިނގާ ކަންކަމުން އެހެން ގައުމުތަކަށް އިހުސާސް ކުރެވިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޔޫކްރެއިން އިން ނަގާ އެންމެ މުހިންމު އެއް ފިލާވަޅަކީ އެއީ ކަމަށެވެ.
1949 ވަނަ އަހަރު ކޮމިއުނިސްޓް ޕާޓީން ޗައިނާގެ ބާރު ހޯދުމާއެކު ނޭޝަނަލިސްޓް ފައުޖުތައް ފިލައިގެން ޓައިވާނަށް ގޮސް ޓައިވާނުގައި ވަނީ އަމިއްލަ ވެރިކަމެއް ގާއިމް ކުރީއެވެ. ބެއިޖިންއިން ދެކެނީ، ޓައިވާނަކީ ބަޣާވާތްކުރާ ޕްރޮވިންސެއްގެ ގޮތުގައެވެ.އަދި ބާރުގެ ބޭނުންކޮށްގެން ޓައިވާން އަލުން އަނބުރާ ހިފާނެ ކަމުގެ އިންޒާރު ވެސް ބެއިޖިންއިން ދަނީ ގަވާއިދުން ދެމުންނެވެ.
ހައުސް އޮފް ކޮމަންސްގައި އޮތް ސުއާލު ޖަވާބުގައި ޓްރެސް ވަނީ ޗައިނާއާއެކު އޮންނަ ގުޅުމަށް ވަކި ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.