ޗައިނާގައި ލައިވް ސްޓްރީމް ކުރާ ފަރާތްތަކުން ގާނޫނީ އިމުގެ ތެތޭގައި އަޚުލާގީ ގޮތުން ރަގަޅު ކޮންޓެންޓް ސްޓްރީމް ކުރުމަށް ޗައިނާއިން ބާރު އަޅައެވެ. ޗައިނާގައި އެތައް މިލިއަން މީހުން އަބަދުވެސް އިންޓަރނެޓްގައި ލައިވް ސްޓްރީމް ކުރެއެވެ.، ޗައިނާއިން ބާރު އަޅާފައި ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބާރު ހީނަރުވިޔަ ނުދިނުމަށާއި ޕާޓީއަށް ފާޑު ނުކިޔުމަށާއި އަދި އަޚުލާގީ ގޮތުން އެކަށީގެންވާ ކޮންޓެންޓް ފޯރި ވައިދިނުމަށް އަންގައި އާންމު ކޮށް އިއުލާން ކޮށްފައެވެ.

ޗައިނާ ސަރުކާރުގެ މި ފިޔަވަޅަކީ، ހިޔާލު ތަފާތުވުން ތައް ނައްތާލައި، މައުލުމާތުގެ ރަސްމަގުގައި ސިޔާސީ ވާހަކަތައް ކޮންޓްރޯލް ކޮންޓްރޯލު ކުރުމަށް ނެރެފައިވާ އިއުލާނެއްކަމަށްވެސް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.

އޭގެ އިތުރން އުމުރުން 18 އަހަރު ނުފުރޭ ކުދިން ލައިވް ސްޓްރީމިންގެ ޚިދުމަތް ބޭނުން ކުރާ ގޮތް ހަރުކަށިކޮށް މޮނިޓާ ކުރުމަށް ވެސް މި އިއުލާނުގައި ބާރު އަޅާފައި ވެއެވެ. އަދި އިންޓަރނެޓް ޕްލެޓްފޯމްގައި ހަގު އުމުރުގެ ކުދިން ލައިވް ސްޓްރީމް ކުރާ ނަމަ އެކުދިންނަށް ރައްކާތެރު އިރުޝާދު ދިނުމަށާއި އަދި ބެލެނިވެރިންނާ މަޝްވަރާ ކުރުމެއް ނެތި އަމިއްލައަށް ލައިވް ސްޓްރީމް ނުކުރުމަށްވެސް ވަނީ އެދިފަ އެވެ.

ޗައިނާގެ ނެޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގައިޑްލައިންތަކުގައި އެންމެ ބޮޑަށް މީހުންގެ މެދުގައި ޚިޔާލު ތަފާތުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްކަމަކީ، ޒުވާނުންގެ ގޮތުގައި ލައިވް ސްޓްރީމް ބަލާ ކުދިންގެ ޝޯތައް ރޭގަނޑު 10ގެ ފަހުން އެއްކޮށް ނިއްވާލުމެވެ.

ޗައިނާގެ ލައިވް ސްޓީމަރުންނަކީ އެގައުމުގެ މީހުންގެ ޚިޔާލުތައް ބައްޓަން ކުރާ އައު ޖީލުގެ އޮޕީނިއަން މޭކަރުންނެވެ. ލައިވްސްޓީމް ކޮންޓްރޯލު ކުރަން ޖެހޭ ސަބަބަކީ އެހެން ޕްރޮގްރާމުތައް ފަދައިން މިއީ އޭގެ ޝެލްފް ލައިފެއް އޮންނަ އެއްޗެއް ނޫނެވެ. އެހެންވެ މިއީ ސަރުކާރާއި ސެންސަރު ކުރާ ފަރާތަށް މޮނީޓާ ކުރަން އުދަގޫ ވަސީލަތެކެވެ.