ރަޝިޔާއާއެކު ވިޔަފާރި އިތުރުކޮށް ގުޅުން ބަދަހި ކުރުމަށް އިންޑިއާގެ ބޮޑު ވަޒިރު ރަޝިޔާގެ ރައީސް ފޯނުން މަޝްވަރާ ކުރައްވައިފިއެވެ. ޓެލެފޯން މަޝްވަރާގައި ޕޫޓިން ވިދާޅުވެފައި ވަނީ ރަޝިއާއަކީ އަދިވެސް ގޮދަނާއި ގަސްކާނާއާއި އާއި ތެޔޮ އިންޑިއާއަށް ސަޕްލައިކުރާ އިތުބާރު ކުރެވޭ ފަރާތެއް ކަމަށެވެ. ކްރެމްލިންއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރަޝިޔާއާއި އިންޑިއާ ގުޅުމުގައި އަބަހަށް ހައްލު ކުރަން ހުރި މައްސަލަތަކާ މެދު ދެ ފަރާތުން މަޝްވަރާކޮށްފައި ވާކަމަށެވެ.
އިންޑިއާއާއި ރަޝިޔާއިން މިފަހުން ކުރި މަޝްވަރާތަކުގައި އިންޑިއާގެ ރިޓެއިލް ވިޔަފާރި ކުރާ ފިހާރަތަކުގެ ޗެއިންތައް ރަޝިޔާގައި ހުޅުވުމަށް ވާހަކަ ދެކެވިފައި ވެއެވެ.
ޕޫޓިން ވިދާޅުވެފައި ވަނީ އިންޑިއާއާއި ޗައިނާއިން ރަޝިޔާގެ ތެޔޮ ގަންނަ މިންވަރު އިތުރު ވެފައިވާ ކަމަށެވެ.
އިންޑިއާއިން ވެސް ވަނީ ގިނަ އަދަދަކަށް ގަސްކާނާ ރަޝިޔާއިން ގަނެފައެވެ. އިންޑިއާއިން ބުނާ ގޮތުގައި ދުނިޔޭގެ ބާރުގައި އެއް ހާސް ޑޮލަރަށް ވުރެން ބޮޑުކޮށް ޓަނެއް ލިބެން ހުންނަ ގަަސްކާނާ އިންޑިއާއިން ގަނެފައި ވަނީ 900 ޑޮލރުގެ ރޭޓުންނެވެ.
ޕޫޓިން ވަނ ރަޝިޔާއިން ޔުކްރެއިންގައި ކުރަމުން ގެންދާ ހަނގުރާމަ ކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް މޮދީއަށް ދެއްވާފައެވެ. އަދި ޑިޕްލޮމެސީއާއި މަޝްވަރާއަކީ މިކަން ހައްލުކުރުމަށް އޮތް ހަމައެކަނި މަގުކަމުގައި ވިދާޅުވެ މޮދީވަނީ ސުލްޙައަށް ބާރުއަޅުއްވާފައެވެ.
ޕޫޓިންގެ ވާހަކަފުޅުގައި އޭނާ ވަނީ މިނިވަން ވިޔަފާރީގެ ބައިނަލްއަގްވާމީ އޮނިގަނޑު ބޮއްސުންލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިހާރު ދުނިޔޭގައި ތަކެތީގެ އަގު ތައް އުފުލިގެން ދިޔަ ކަމަށްވެސް ވިދާޅުވެފައެވެ.