ޕާކިސްތާނުގައި ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވެފައިވާ މި ދަނޑިވަޅުގައި މުވާސަލާ ޚިދުމަތަށް ބުރޫ އަރައި އިންޓަނެޓްގެ ހިދުމަތްތައް ބަންދު ކުރަން ޖެހިދާނެ ކަމަށް ޕާކިސްތާން ޓެލެކޮމް އޮޕަރޭޓަރުން އިންޒާރު ދީފައެވެ.ޓްވިޓާ މެދުވެރިކޮށް ނެޝަނަލް އިންފޮމޭޝަން ޓެކްނޮލޮޖީ ބޯޑްއިން ބުނީ މުޅި ގައުމުން ގިނަ ވަގުތުތަކެއް ވަންދެން ކަރަންޓް ކެނޑެން ޖެހުމުގެ ސަބަބުން، މޯބައިލް އަދި އިންޓަނެޓްގެ ޚިދުމަތް ބަންދުކުރަން ޖެހިދާނެ ކަމަށް ޕާކިސްތާނުގެ ޓެލެކޮމް އޮޕަރޭޓަރުން އިންޒާރު ދީފައިވާ ކަމަށެވެ. ޖިއޯ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޖުލައި މަހު ޕާކިސްތާންގައި ލޯޑް ޝެޑިން އިތުރުވެދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.