އިންޑިއާއިން އަފްޣާނިސްތާނަށް އެހީވުމުގެ ގޮތުން ސިއްހީ އެހީގެ ހަތްވަނަ ބެޗެއް ފޯރުކޮށްވައި ދީފިއެވެ. މި އެހީގައި ހިމެނެނީ 6 ޓަނުގެ ޒަރޫރީ ބޭސް ފަރުވާގެ ބާވަތްތަކެވެ. މި ޝިޕްމަންޓް ހަވާލުކޮށްފައިވަނީ ކާބުލްގެ އިންދިރާ ގާންދީ ހޮސްޕިޓަލާއެވެ.އދން ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އަވަސް ގޮތަކަށް އެހީވުމަށް އިލްތިމާސް ކޮށްފައެވެ. އިންޑިއާއިން މިހާތަނަށް ހަތް ބުރަށް 20 ޓަނުގެ ސިއްހީ ސާމާނާއި ބޭސްފަރުވާގެ އެހީތެރިކަން އަފްޣާނިސްތާނަށް ފޯރުކޮށްދީފައިވެއެވެ.

އޭގެ ތެރޭގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ޒަރޫރީ ބޭސްތަކާއި، ޓީބީއާ ދެކޮޅަށް ދޭ ބޭސްތަކާއި، ފަސްލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ފަދަ ބޭސްތައް ހިމެނެއެވެ.

އިންދިރާ ގާންދީ ޗިލްޑްރަން ހޮސްޕިޓަލް ކާބުލްއަށް މި މެޑިކަލް ޝިޕްމަންޓްތައް ހަވާލު ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާވެސް ބައިވެރި ކޮށްފައި ވެއެވެ.