ކަޝްމީރުގައި ކޮވިޑް19ގެ ކޭސްތައް މަދުވުމާއެކު ކަޝްމީރުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފަށައިފިއެވެ. ކަޝްމިރުގެ ޓުއާ އޮޕަރޭޓަރުން ބުނާ ގޮތުގައި އެހެން އެންމެނަށްވެސް ދިމާވިހެން، ކޮވިޑާހެދި، ފަތުރުވެރިކަމަށް ބަރޯސާވާ މި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިހާރު ކަޝްމީރަށް، މަދުމަދުން ފަތުރުވެރިން އަންނަން ފަށާފައިވާތާ ދެ މަސްވެއްޖެއެވެ.

ކަޝްމީރުގެ ޓޫރިޒަމް ޑިޕާޓްމަންޓުންވެސް ދަނީ ޓުއާ އެޖެންސީތަކާ ގުޅިގެން ކަޝްމީރު ޕްރޮމޯޓް ކުރުމަށް މަސައްކަތްތައް ކުރަމުންނެވެ.

ގުލްމަރްގް: ކަޝްމީރުގެ ސްކީ ޓައުން

ކަޝްމީރުގެ ޓޫރިޒަމްގެ ޑިރެކްޓަރ ނިސާރު އަހްމަދު ވިދާޅުވާ ގޮތުގައި ކަޝްމީރު ވަނީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.

ބޭރު ހިސާބުން ފިނި މޫސުމުގައި ފަތުރުވެރިން ގެނައުމަށްޓަކައި ޓުއަރ އޮޕަރޭޓަރުންނާއެކު ސިލްސިލާ ބައްދަލުވުންތައް ވެސް ގެންދަނީ ބާއްވަމުންނެވެ. މި ބައްދަލުވުންތަކާއި ހަރަކާތައްތައް ބާއްވަމުން ގެންދަނީ "އަންލޮކް ކަޝްމީރު ޓޫރިޒަމް"ގެ ނަމުގައި ބާއްވާ ޕްރޮމޯޝަނަލް ކެމްޕޭނެއްގައެވެ.

ގުލްމަރްގް: ކަޝްމީރުގެ ސްކީ ޓައުން

މަހަރާޝްޓްރާގެ އޮޕަރޭޓަރުން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ. އެ ސްޓޭޓުން 70 އޮޕަރޭޓަރުންނާއި ނޫސްވެރިން ވަނީ ކަޝްމީރަށް ޒިޔާރަތް ކޮށްފައެވެ.

ކަޝްމީރުގެ ފިނިމޫސުމްގެ އެންމެ މަގްބޫލު މަންޒިލަކީ ގުލްމަރުގްއެވެ. މިއީ ސްކީ ރިސޯޓެކެވެ.