އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ވިދާޅުވީ، އަފްޣާނިސްތާނުގެ އަންހެނުންނަށް ދިރިއުޅުމުގެ ފުރުސަތުތައް ހަނިކޮށްފައި ވުމާއި ބަލިކަށިކަމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ފުރުސަތުތައްވެސް އެމީހުންނަށް ނޯންނަ ކަމަށެވެ. ތާލިބާން ސަރުކާރުން ގެން ގުޅޭ ސިޔާސަތުގެ ސަބަބުން އަފްޣާނިސްތާނުގެ އަންހެނުންނަށް ލިބޭ ގެއްލުންތައް ފާހަގަކޮށް، ވާހަކަ ދައްކަވަމުން ފައުޒިއްޔާ ކޫފީ ވިދާޅުވީ އަފްޣާނިސްތާންގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް އަންހެނަކު ނުވަތަ ދެ އަންހެނަކު އަމިއްލައަށް މަރުވާ ކަމަށެވެ.އޭނާ ވާހަކަ ދައްކަވަމުން ގެންދެވީ ޖެނީވާގައި ހުންނަ ހިއުމަން ރައިޓްސް ކައުންސިލްގައި އަންހެނުންގެ ހައްގުތަކާ ބެހޭ މައްސަލައާ ބެހޭ ގޮތުން ބާއްވާފައި އޮތް ބަހުސެއްގައެވެ.
މި ބައްދަލުވުމުގައި އެތައް ގައުމަކުން އަފްޣާނިސްތާނުގެ އަންހެނުންގެ ހާލަތާ މެދު ނުތަވަސްވެގެންވާހަކަ ދެއްކިއެވެ. އެއިން އެއްގައުމަކީ ރާއްޖެއެވެ.