ޕާކިސްތާންގައި ބައި މަދު ހިންދީ ދަރިކޮޅުގެ ޑޮކްޓަރަކަށް ސަރަހައްދީ އިންތިޚާބުގެ ތެރޭގައި ސިޔާސީ ޕާޓީއަކުން އިހާނެތިކޮށް ހިތުމުން އެމައްސަލަ ބަލަން ސުޕްރީމް ކޯޓުން ފަށައިފިއެވެ. ބައިމަދު ދަރިކޮޅުގެ ހައްގުތަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް ތަންފީޒު ކުރުމަށް އެކުލަވާލި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ.

ޖޫންމަހުގެ 26 ވަނަ ދުވަހު ބޭއްވި ލޯކަލް ގަވަރމަންޓް އިންތިޚާބުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި، އިސްލާމްކޮޓް ޓައުންގައި ޕާކިސްތާން ޕީޕަލްސް ޕާޓީގެ ނުފޫޒުގަދަ ލޯކަލް ލީޗަރަކު ވަނީ ޑޮކްޓަރ ގާންޝަމް ދާސްއަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވިފައެވެ.

މި މައްސަލަ ބައްކަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުއެއިބް ސުދްލް އިސްކޮށް ހުންނަވާ ކަމިޝަނުންނެވެ.

ޑޯން ނޫހުން ރިޕޯޓް ކުރިގޮތުގައި އެ ހާދިސާއަށް ފަހު ޑޮކްޓަރުންނާއި ޕެރަމެޑިކްސް އިން ވަނީ އިސްލާމްކޮޓް، ޗަޗްރޯ، ޑިޕްލޯ، ކަލޯއީ، ނަގަރްޕާކަރް އަދި އެހެން ސިޓީތަކުގައި ހުންނަ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތާނގައި އައުޓް ޕޭޝަންޓް ޑިޕާޓްމެންޓްތައް ބޮއިކޮޓްކޮށް، އެ ހާދިސާއަށް އިހުތިޖާޖު ކޮށްފައެވެ.

މި ހާދިސާއަށް ތުހުމަތު ކުރެވޭ ޕީޕީޕީގެ ލީޑަރު ޣުލާމް މުހަންމަދު ޖޫންޖޯއަކީ، ސިއްހީ ޑިޕާޓްމެންޓްގެ މުވައްޒަފެއްވެސް މެއެވެ. އަދި އޭނާ ވަނީ އިންތިޚާބު އޮތް ދުވަހު، އާންމުންގެ ތެރޭގައި ޑރ ދާސްއަށް ވަރަށް އިހާނެތިކޮށް ހިތާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.