އިންޑިއާއިން އަފްޣާނިސްތާނަށް 2500 މެޓްރިކް ޓަނުގެ ގޮދަން ފޮނުވައިފިއެވެ. މިއީ އިންޑިއާއިން އަފްޣާނިސްތާނަށް ފޮނުވާ 15 ވަނަ ގޮދަނުގެ ޝިޕްމަންޓެވެ. މި ޝިޕްމެންޓްވެސް ފޮނުވާފައި ވަނީ އަޓާރީ ވަގާހް ބޯޑާ ތެރޭން ލައިގެންނެވެ. އިންޑިއާގެ ވަގާހް އަޓާރީ ކަސްޓަމްސްއިން ބުނިގޮތުގައި މިހާތަނަށް ޖުމްލަ 36،000 މެޓްރިކް ޓަނުގެ ގޮދަން ފޮނުވިފައި ވެއެވެ. އިންޑިއާއިން ވަނީ 50،000 މެޓްރިކް ޓަނުގެ ގޮދަން ފޮނުވަން ނިންމާފައެވެ. ދެން ބާކީ އޮތީ ނު ފޮނުވި އޮތީ އެންމެ 14،000 މެޓްރިކް ޓަނެވެ. އިންޑިއާއިން ވަނީ ވަރލްޑް ފުޑް ޕްރޮގްރާމާ ގުޅިގެން އަފްޣާނިސްތާނަށް ގޮދަން އިންސާނީ އެހީގެ ގޮތުގައި ދެމުން ގޮސްފައެވެ. އެގޮތުން މިހާތަނަށް އިންޑިއާއިން އަފްޣާނިސްތާނަށް 33،500 މެޓްރިކް ޓަނުގެ ގޮދަނުގެ ޝިޕްމަންޓް ކާމިޔާބުކަމާއެކު ފޮނުވާފައިވާ ކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެއެވެ.