އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރު ޔާއިރު ލަޕެޑް ވަނީ މަގާމާ ހަވާލު ވެގެން އޭނާގެ ފުރަތަމަ ވަޒީރުންގެ މަޖިލިސް ބާއްވަވާފައެވެ. އޭނާ ވަނީ އައު އިންތިޚާބަކާ ކުރިމަތިލާން ޖެހިފައި އޮތަސް އޮމާންކަމާއެކު ސަރުކާރު ހިންގާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.އިންތިގާލީ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ލެޕެޑް ވަޒީރުންގެ މަޖިލިސް ބޭއްވި އިރު އޭނާގެ ކައިރީގައި އިންނެވީ ކުރީގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްއެވެ. ބެނެޓް ވަނީ ދެ ޕާޓީން ގުޅިގެން ވެރިކަން ބަހާލުމަށް އެއްބަސްވެފައިވާ ގޮތަށް ލެޕެޑަ ބޮޑު ވަޒީރުކަން ހަވާލު ކުރައްވާފައެވެ.

ލެޕެޑް ވޮދާޅުވީ ކުރިއަށް އޮތް މަސްތަކުގައި އޭނާގެ ސަރުކާރުގެ އަމާޒަކަށް ވާނީ އިންތިހާބުތަކެއް ނެތް ކަމަށް ބަލައިގެން ސަރުކާރު ހިންގުން ކަމަށެވެ. އަދި ވަޒީރުންގެ ކިބައިންވެއސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ހައިސިއްޔަތުން ލެޕިޑްއަށް ކުރިމަތިވެ ވަޑައިގަތް އެންމެ ފުރަތަމަ ގިންޖެހުމާ ކުރިމަތިލާން ޖެހުނީ ލުބުނާނުގެ ހިޒްބުاللهއަށް ނިސްބަތްވާ ފަރާތްތަކުން އިޒްރޭލަށް ފޮނުވާލި ތިން ޑްރޯންގެ މައްސަލައާއެވެ. އިޒްރޭލުގެ ކަނޑުގެ ސިފައިންގެ މަރުކަޒަކާ ކައިރިއަށް މި ޑްރޯންތައް ގާތް ކުރުމުން އިސްރާއީލުގެ ފައިޓަރ ޖެޓާއި، ނޭވީ މިސައިލް ކްރޫޒަރއިން ވަނީ މި ޑްރޯންތަކަށް ހުރަސް އަޅާފައި ކަމަށެވެ. ލަޕެޑް ވިދާޅުވީ، އިޒްރޭލަށް ކުރިމަތިވާ ނުރައްކާތައް ފެއިލްކޮށް، އަމިއްލަ ނަފްސާއި، ރައްޔިތުންނާއި، މުދަލުގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް އިސްރާއީލުން އަޅާނެ ކަމަށެވެ.