ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށްވާ ފަރަންސޭސިވިލާތާއި އޮސްޓްރޭލިއާއިން، އިންޑިއާއާ ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވުމަށް ކުރާ ތިން ގައުމު ގުޅިގެން ހިންގާ އޮޕަރޭޝަންތައް އަލުން ދިރުވާން ނިންމައިފިއެވެ.
މި މަޝްވަރާތައް ކުރެވިފައި ވަނީ އޮސްޓްރޭލިއާގެ އާ ބޮޑުވަޒީރު ޕެރިހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.
ތިން ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ނިންމި ނިންމުމަކީ މިއަހަރުގެ ކުރީކޮޅުން ފެށިގެން ފަރަންސޭސިވިލާތުން އޮސްޓްރޭލިއާއާއެކު ކުރިން އެއްބަސްވި ސަބްމެރިން ޑީލް އުވާލައި، އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީގައި ނިއުކްލިއަރ ހަކަތައިން ދުއްވާ ސަބްމެރިން ހޯދުމަށް ކުތި މަސައްކަތަށް ފަހު އުފެދުނު ނުތަނަވަސް ކަމަށްފަހު ބާއްވާފައިވާ މަޝްވަރާތަކެކެވެ.
ޔޫކޭއާއި އޫއެސްއާ އޮސްޓްރޭލިއާ ގުޅިގެން ފަރަންސޭސި ސެބްމެރިން ޑީލް ކެންސަލް ކުރުމުން ފަރަންސޭސިން ވަނީ ތިން ގައުމު ގުޅިގެން ހިންގާން ނިންމާފައި އޮތް އަސްކަރީ ތަމްރީންތައްވެސް ފަހަތަށް ޖައްސާލާފައެވެ.އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލަބާނީ ވަނީ ހުކުރު ދުވަހު ޕެރިހުގައި ރައީސް އެމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި ފަރަންސޭސިވިލާތާއެކު އޮންނަ ގުޅުން އައު ފެށުމަކުން ފެށުމަށް މަސައްކަތް ފައްޓަވާފައެވެ.