ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ހޮންކޮންގގެ މިނިވަންކަން ކޮމިއުނިސްޓް ޕާޓީން ހަނިކުރަމުންދާ ކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ ވިދާޅުވި ފަހުން ބެއިޖިން އިން ވަނީ ހޮންގްކޮންގްގެ ދާޚިލީ ކަންކަމާ ނުބެހުމަށާއި ނުފޫޒު ނުފޯރުވުމަށް ޗައިނާއިން ވަނީ ކެނެޑާއަށް އިލްތިމާސްކޮށްފަ އެވެ.
ހޮންގްކޮންގް ޗައިނާގެ ބާރުގެ ދަށަށް އަނބުރައި ލިބުނުތަނާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި އޮޓާވާގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ބޭރު ގައުމުތަކުން ޗައިނާއިން ހޮންގކޮންގގައި ކަން ކުރާ ގޮތަށް ފާޑު ކިޔައި ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
ހޮންގްކޮންގްގެ ކަންކަމަކީ ޗައިނާގެ ދާހިލީ ކަމެއް ކަމަށާއި ބޭރުގެ އެއްވެސް ބާރަކުން ނުބެހުމަށާއި އަދި ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ޗައިނާ އެމްބަސީން ކެނެޑާ ސަރުކާރަށް ފާޑު ކިޔަމުން ނެރުނު ބަޔާނުގައި އޮތެވެ.
ޗައިނާ އެމްބަސީން އިތުރަށް ބުނެފައި ވަނީ ކެނެޑާއާއި ހޮންގްކޮންގްއާ ދެމެދު އޮތް ފުން ގުޅުންތަކަކީ ހޮންގްކޮންގްގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކެނެޑާއަށް ލިބޭ ހުއްދައެއް ނޫންކަމަށެވެ.