ޗައިނާއިން އެގައުމުގެ ރައްޔިތުންނަށް ފާރަވެރިވުން ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށް މީޑިއާއިން ކުރި ބޮޑު ތަހުގީގަކުން ހާމަވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ ސަރުކާރުގެ ސާވާތަކުން އެތައް މިލިއަން ރައްޔިތެއްގެ ވަރަށް ޕާސަނަލް ޑޭޓާ ރައްކާ ކުރެއެވެ. އޭގެ ތެރޭގައި ރައްޔިތު މީހާގެ ނަސްލާ، ޖިންސާއި، އައިނު އަޅާ މީހެއްކަން ނުވަތަ ނޫން ކަންފަދަ މައުލޫމާތު ރައްކާ ކުރެއެވެ.
ޗައިނާގެ ސިޓީތަކާއި އާބާދީގެ އެކި ތަންތާނގައި ކެމެރާ ހަރުކޮށްފައި ހުރެއެވެ. އަދި މީހުން ދިރިއުޅޭ ބިސީތަކުގައިވެސް ކެމެރާތައް ބަހައްޓާފައި ވެއެވެ. މިއީ ވަކިން ހާއްސަކޮށް ކޮވްބިޑް-19 ލޮކްޑައުންގެ ދުވަސްވަރު އަޅާފައިވާ އާންމު ފިޔަވަޅެކެވެ.
ނިއުޔޯކް ޓައިމްސްއިން ކުރި ތަހުގީގަކާ ގުޅިގެން އެ ނޫހުން ވަނީ ޗައިނާ ސަރުކާރުގެ އެތައް ބިޑް ޑޮކިއުމެންޓެއް ދިރާސާ ކޮށްފައެވެ.
ސަރުކާރުގެ ބިޑިން ޑޮކިއުމަންޓްތަކުގެ ތެރެއިން 100،000 އަށް ވުރެ ގިނަ ލިޔެކިޔުންތައް ތަހުލީލު ކުރި އިރު ސަވައިލެންސް ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ގަތުމުގެ ފަހަތުގައި ސަލާމަތީ ދިރާސާގެ ސްޓްރެޓީޖިކް ވިސްނުން އޮތް ކަމަށް ބުނެފައި ވެއެވެ.
ރިޕޯޓަރުން ބުނާ ގޮތުގައި ޗައިނާގެ ރައްޔިތުންގެ އަތުން ޑިޖިޓަލް އަދި ބަޔޮލޮޖިކަލް ޑޭޓާ ފުޅާ ދާއިރާއެއްގައި ސަރުކާރުން އެއްކުރެއެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މައިގަނޑު ގޮތެއްގައި މި މައުލޫމާތު އެއްކުރުމަށް ބޭނުންކުރަނީ ހަތަރު ޑޭޓާ ސޯސްއެއް މެދުވެރިކޮށެވެ.
އެއިން ކެމެރާއަކީ ޗައިނާގެ ސަރުކާރުގެ ފާރަވެރިވުމުގެ ބިންގާ ކަމަށް ބެލެވެ އެވެ. އަދި އޭގެ އިތުރުން ކޮންމެ ދުވަހަކު އެތައް މިލިއަން ބައެއްގެ ފޯން ޓްރެކު ކުރަން ޓްރެކަރ ސޮފްޓްވެއަރ ބޭނުން ކުރެއެވެ. އަދި ޑީއެންއޭއާއި އައިރިސް ސްކޭންގެ ސާމްޕަލްތައް ރައްކާ ކުރުމާއި އަދި މީހާގެ ވޮއިސް ޕްރިންޓް މެދުވެރިކޮށް ހުރިހާ ރައްޔިތުންގެ މައުލޫމާތު އެއްކުރަމުން ދެއެވެ.
މި ކަންކަމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ނަފްސާނީ ބަލީގެ ހިސްޓްރީއެއް އޮތް މީހަކު ތޯ ނުވަތަ ކައުންސިލަރެއްގެ ގާތަށް ގޮސްފައިވާ މީހެއްތޯ ހޯދައި ބަލައެވެ.
ޗައިނާގެ މި ބިޑް ޑޮކިއުމެންޓްތައް ސިރާސާ ކުރުމުން ނިއުޔޯރކް ޓައިމްސްއަށް ޗައިނާގެ ސަވައިލެންސް ގާބިލްކަން ހުރި މިންވަރު ފުރަތަމަ ފަހަރަށް ދިރާސާ ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި ވެއެވެ.
ޓައިމްސް ބުނާ ގޮތުން ޗައިނާ ސަރުކާރުގެ އަމާޒަކީ މީހާގެ އައިޑެންޓިޓީއާއި، ޙަރަކާތްތަކާއި، އިޖްތިމާޢީ ގުޅުންތަކާ ބެހޭގޮތުން ދައުލަތަށް ހޯދޭނެ އެންމެ ފުޅާކޮށް އެންމެ ގިނައިން މައުލޫމާތު ހޯދޭނެ ނިޒާމެއް ފަރުމާ ކުރުމެވެ. އަދި މިކަމުގެ ސަބަބުން ޗައިނާ ސަރުކާރުގެ ނިޒާމު ދަމަހައްޓައި ވެރިކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ޓައިމްސްއިން ބުނެއެވެ.
ތީ ހަމަ ބުހުތާން ދޮގު. އިންޑިއާ އެމްބަސީއިން ތިކަން ކުރަނީ. ވިސާ ހޯދަން ފޯމް ހުށަހަޅާއިރަށް އިންޑިއާ އެމްބަސީއިން ސުވާލު އެބަކުރޭ ބައްޕައާ މަންމަ ފަރާތުގެ އާއިލާގެ މީހުންނާ އެމީހުން އިދެގެން އުޅޭ މީހުންނާ އެހުރިހާއެންމެން އުޅޭ ވަޒީފާއަށް ދާންދެން. އަދި ވަޒީފާގެ ރެކޯޑް ކާޑް ނަންބަރު ނޫނީ ސާވިސް ނަންބަތަަށް ދާންދެން.