ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ގެންދަވަނީ ޗައިނާއިން ޓައިވާނުގެ ވެރިރަށަށް ވެރިވެ ނުގަތުމަށް ވަކާލާތު ކުރައްވައި އރުމަތީ ޔޫރަޕްގައި ހިނގާ ހަނގުރމައިން ފިލާވަޅު ލިބިގަތުމަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވަނީ ޑިޕްލޮމެސީއާއި މަޝްވަރާއަކީ، ހަމަނުޖެހުންތައް ހުއްޓުވުމުގެ ތަޅުދަނޑި ކަމަށެވެ.އާޑެން ވާހަކަ ދައްކަވަމުން ގެންދެވީ، ލަންޑަންގައި ހުންނަ ޕޮލިސީ ތިންކް ޓޭންކް ޗަޓަމް ހައުސްގައި ޚާރިޖީ ސިޔާސަތާމެދު ގެންގުޅުއްވާ ވިސްނުން ހާމަކުރެއްވުމަށް ދެއްވި ތަގްރީރެއްގައެވެ.

ބޮޑުވަޒީރު އާޑެންގެ ވާހަކަފުޅުގައި އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާ އެއްގޮތް ސިޔާސަތުތަކެއް އިހްސާސްތަކެއް ކުރެއްވޭ އިރު، ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމަކީ ޓައިވާނާއާ މެދު ޗައިނާއިން ގެންގުޅޭ ވިސްނުމާ ސީދާ އެއްގޮތް ސިޔާސަތެއް ކަމަށެވެ. ނިއުޒީލެންޑަކީ ހުޅަނގު ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެކެވެ. ނިއުޒިލެންޑަށް ވަނީ ސަރަހައްދުގައި ޗައިނާގެ ހަން ފެތުރުމާ ކުރިމަތިލާން ޖެހިފައެވެ.ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ޗައިނާއާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާޑެން ވިދާޅުވީ ޔޫކްރެއިން ހަނގުރާމައިން އިންޑޯ-ޕެސިފިކް ސަރަހައްދަށް ދަސްވި ފިލާވަޅަކީ ހަނގުރާމައަކީ ދުވަހަކު ވެސް މައްސަލައަކަށް އޮތް ހައްލެއް ނޫން ކަމަށެވެ.

"ޑިޕްލޮމަސީ، ޑިޕްލޮމަސީ، ޑިޕްލޮމަސީ، ޑިޕްލޮމަސީ، މަޝްވަރާއާއި ޑިޕްލޮމަސީއަކީ ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް މުހިންމު ކަމެއް،" ގިނަ ބަޔަކު ބައިވެރިވި މި އެއްވުމެއްގައި އާޑާން ވިދާޅުވި އެވެ.އިންޑޯ-ޕެސިފިކް ގައި ގައުމުތަކުން ޑިޕްލޮމަސީގެ ބޭނުން ހިފަމުން ދާކަމަށާއި ހަމަނުޖެހުންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަތަކުން ފިލާވަޅެއް ލިބޭ ނަމަ، އެއީ ހަނގުރާމަތަކަކީ ގެއްލުން ބޮޑު އަދި ދުވަހަކު ވެސް ހައްލެއް ނުލިބޭ އެއްޗެއް ކަމަށެވެ.