ޕާކިސްތާންގެ ލަޔާހް ޑިސްޓްރިކްޓްގެ ޗޯކް އައްޒާމް ސަރަހައްދުގައި މުދައްރިސަކު ދަރިވަރުންތަކަކަށް އަނިޔާ ކުރުމުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މުހައްމަދު އާރިފް ސުހައިލް ގެ މައްޗަށް ތުހުމަތު ކުރީ އުމުރުން 10 އަހަރުގެ ދެ ދަރިވަރަކު ޕީވީސީ ޕައިޕަކުން ތެޅިކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނިގޮތުގައި އެކުދިންގެ ދެއަތާއި ދެފައިގައި ވެސް ތެޅި ތަންތަން ނޫފައިގެންފައި ވެއެވެ.

މުދައްރިސާ ދެކޮޅަށް މައްސަލަ ޖެއްސީ މިއިން އެއް ކުއްޖެއްގެ ބައްޕައެވެ.

ހިސާބުގަނޑު ފުލުހުން، ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ، ދަރިވަރުންގެ މެޑިކަލްއެއް ހެދުމަށްފަހު ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ފޮނުވާފައި ވަނިކޮށެވެ.