އިންޑިއާއިން ކޮވިޑާ ދެކޮޅަށް ކުރިއަށް ގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާއިން ވަނީ ގައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ވެކްސިންގެ ދެވަނަ ޑޯޒް ދީފައެވެ.
އިންޑިއާގެ އެންމެނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމަކީ ބޮޑު ވަޒީރު ނަރެންދްރަ މޮދީ އިސްވެ ހުންނަވައިގެން ހިންގާފައިވާ ޕްރޮގްރާމެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ވަނީ މި ޕްރޮގްރާމް ހިންގި ގޮތަށް ތައުރީފް ކޮށްފައެވެ.