އިނގިރޭސިވިލާތާއި އެމެރިކާގެ ދާޚިލީ ޖާސޫސީ އިދާރާތަކުގެ ވެރިން ލަންޑަންގައި ގުޅިގެން ބޭއްވެވި ބައްދަލުވުމެއްގައި ޗައިނާގެ އިގުތިސާދީ ޖާސޫސީ ކަންކަމާ މެދު ބިރުވެރިކަން އޮތް ކަމަށް ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުގެ އެމްއައި5 ގެ ޑިރެކްޓަރު ކޭން މެކްކަލަމް ވިދާޅުވީ ޗައިނާ ސަރުކާރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުތަކަށް ސިއްރުން ފިއްތަމުންދާ ދިއުމަކީ ހާލަތު ބަދަލުކޮށްލައޮ ހުޅަނގަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރުވާނެ ކަން ކަމަށެވެ.

އެމެރިކާގެ އެފްބީއައިގެ ޑިރެކްޓަރު ކްރިސް ރާއީ ހުޅަނގުގެ ކުންފުނިތަކަށް އިންޒާރު ދެއްވަމުން ވިދާޅުވީ، ބެއިޖިން އިން ހުޅަނގުގެ ޓެކްނޮލޮޖީ ވަގަށް ނަގަން އަޒުމް ކަނޑައެޅީ ޗައިނާއަށް އެއިން ވާދަވެރި މަންފާއެއް ހޯދުމަށް ކަމަށެވެ.

ޗައިނާއިން ވަނީ މި ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދީފައެވެ. ޗައިނާއިން ބުނީ މި އަސްލެއް ނެތް ވާހަކަތަކެއް ފަތުރައިގެން ޗައިނާއަށް ހުތުރު އަރުވަން ކުރާ މަސައްކަތެއް ކަމަށެވެ.

މެކްކަލަމް އާއި ރާއީގެ ތަގުރީރަކީ އެ ދެ ބޭފުޅުންގެ ފުރަތަމަ ޖޮއިންޓް ތަގުރީރު ކަމަށްވާއިރު، އެ ތަގުރީރު އަޑު އެއްސެވުމަށް ސަރުކާރު ވެރިންނާއި ބިޒްނަސް އެގްޒެކެޓިވްސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި5 ގެ ސަބަބުން ޗައިނާއަށް ފޯކަސްކޮށްގެން ހިންގާ އޮޕަރޭޝަންތައް ވަރަށް ބޮޑަށް ފުޅާވެފައިވާކަމަށެވެ. އސަދި މިހާރު ހިންގާ އޮޕަރޭޝަނަކީ 2018 ވަނަ އަހަރު ކުރި ތަހުގީގުތަކަށް ވުރެ ހަތް ގުނަ އިތުރު ތަހުގީގެއްކަމަށެވެ.

މެކްކަލަމް ވިދާޅުވީ ޗައިނާގެ އިންޓެލިޖެންސަކީ ވަސީލަތްތައް ތަރައްގީކުރުމަށާއި މައުލޫމާތު ހޯދައި ލިބިގަތުމަށް ގޮތެއް ހޯދުމަށް މަޑުމަޑުން ކެތްތެރިކަމާއެކު އަމަލުކުރާ ބައެއް ކަމަށެވެ.

"އަދި މިހާރުވެސް އިނގިރޭސި ވިލާތުގައި ޗައިނާއިން ޖާސޫސީ އަމަލުތައް ހިންގަމުން ގެންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަދަދުތަކުން ބަލާއިރު ޗައިނާއިން އަމާޒު ކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ތަޖުރިބާއާއި، ޓެކްނޮލޮޖީއާއި، ރިސާރޗް އަދި ވިޔަފާރި ފުރުސަތުތަކަށް ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.