ޝަންހާއީގައި ވައިރަސް އެންމެ ބޮޑަށް ފެތުރެން ފެށީ މިދިޔަ މެއި މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެ ސިޓީން މިއަދު 54 މީހަކު ކޮވިޑުން ފަސޭހަވިކަމަށް އިއުލާން ކޮށްފައި ވެއެވެ. ޝަންހާއީގައި މިހާރުވެސް 10 ޑިސްޓްރިކްޓަކާއި އިތުރު ދެ ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓު ކުރުން އިތުރުކޮށްފައިވެއެވެ.

ޝަންހާއީ އާއި ބެއިޖިންގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އިތުރު ތަކްލީފުތަކެއް އުފުލަން ޖެހިފައި ވަނީ އެ ދެ ސިޓީން އާ ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ.

ކޮވިޑް-19 ގެ އާ ކްލަސްޓާތައް އިތުރުވެ، ޗައިނާގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކ ވަނީ ފުރަބަންދެއްގައެވެ.

ޗައިނާގެ އުތުރުގެ ތާރީޚީ ސިޓީއެއް ކަމަށްވާ ޒިއާންގައި 300 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ޗައިނާގެ ސިއްހީ އިދާރާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޝަންހާއީ، ބެއިޖިން އަދި އެހެން ބައެއް ތަންތަނުން ވެސް އާ ކްލަސްޓާތަކއް ވަނީ ފެނިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން އެތައް މިލިއަން ބަޔަކު އެތައް ހަފުތާއެއް ވަންދެން ގޭގައި މަޑުކުރަން މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި، ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުން ދުރަށް ދާނެ ކަމުގެ އުންމީދު ވަނީ މިކަންކަމާ ހެދި ފަނޑުވެފަ އެވެ.

ޝަންހާއީގައި ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކާބޯތަކެތި ފޯރުވައިދޭ ކަމަށެވެ.

ހަފްތާ ބަންދުން ފެށިގެން ޕޮޒިޓިވް ކޭސްތައް އަލުން ފެނނުމާ ގުޅިގެން އޮފިޝަލުން ވަނީ އެ ސިޓީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ޑިސްޓްރިކްޓްތަކުގައި އެންމެން ޓެސްޓް ކުރުމުގެ އާ ބުރެއް ފަށާފަ އެވެ.