އެމެރިކާގައި ދިރިއުޅޭ އުއިގުރު ދަރިކޮޅުގެ މީހުން ވަނީ ވައިޓްހައުސް ކުރިމަތީގައި މުޒާހަރާއެއް ބާއްވައި އުރުމުކީގެ ހަމަނުޖެހުމަށް 13 އަހަރު ފުރުން ފާހަގަ ކޮށްފައެވެ.
މި އެއްވުމުގައި ބައިވެރިވި މީހުން ވަނީ އުއިގޫރު މުސްލިމުން ދިރިއުޅޭ ސަރަހައްދަކީ ޗައިނާއިން ހިފާފައިވާ ތަނެއްގެ ގޮތުގައި ބަލައިގަތުމަށް ބާރުއަޅައި ވާހަކަ ދައްކާފައެވެ. އުއިގުރުގެ މުސްލިމުން ދިރިއުޅޭ ޝިންޖިއާންއަކީ ޗައިނާ އިއްތިހާދުގެ ބައެކެވެ. ނަމަވެސް މި އެއްވުމުގައި ބައިވެރިވި މީހުން މިތާގައި ވާހަކަ ދައްކާފައިވަނީ އެ ސަރަހައްދަށް އިތުމަރީ ތުރުކިސްތާންގެ ނަމުން މުޚާތަބު ކޮށެވެ.
ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ބޭއްވި ފަރާތަކީ އީސްޓް ތުރުކިސްތާން ނޭޝަނަލް އަވޭކިން މޫވްމަންޓެވެ. މިމީހުންގެ އެއްވުމަކީ، ޖުލައި 5، 2009 ގައި އުރުމްގީގައި ޗައިނާ ސިފައިން މީހުން މަރައިލި ހާދިސާގެ ހަނދާނު އާލާ ކުރުމެވެ.
މިމީހުން ވަނީ ވައިޓް ހައުސް އިން ފެށިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާ ހަމައަށް ސުލްހަވެރި ހިނގާލުމެއް ބާއްވާފަ އެވެ.ޗައިނާ ސިފައިން ވަނީ 2009ގައި އުއިޣުރު މީހުން ކުރި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑިޖަހައި، އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ. އެއަށްފަހު އުއިގޫރު މުސްލިމުންގެ ގިނަ ބަޔަކު ވަނީ ނިޒާމުން ގެއްލުވާލާފައެވެ. އަދި ޗައިނާއިން ވަނީ ޝިންޖިއާންގެ ޒާތީ ސަރަހައްދުގައި ބާރުގަދަ ކޮށް އެސަރަހައްދު އެއްކޮށް ކޮންޓްރޯލް ކޮށްލާފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން 2009 ވަނަ އަހަރުގެ ޖުލައި މަހުގެ މެދުތެރޭގައި 4000 އެއްހާ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޝިންޖިއާންގައި ހުރަގެ ހަދައިގެން ޗައިނާއިން ގިނަ އަދަދަކަށް މުސްލިމު އަންހެނުންނާއި ކުޑަ ކުދިންނާއި ފިރިހެނުން ބަންދު ކޮށްގެން ގެންގުޅޭ ކަމަށް އދއާއި ހުޅަނގުގެ މީޑިއާއިން ބުނެއެވެ.