ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ޗައިނާގެ ވިޔަފާރި މަރުކަޒު ޝަންހާއީގައި ކޯވިޑް-19އަށް ޓެސްޓްކުރުމުގައި ތިންވަނަ ދުވަހު އެތައް މިލިއަން ބަޔަކު ކިޔޫގައި ޖެހިއްޖެއެވެ.
ޗައިނާއިން ގެންގުޅޭ ވައިރަސް ފެތުރުން ހުއްޓުވުމަށް ހިސާބުގެ މަސްއޫލުވެރިން އަޅާފިޔަވަޅުތައް ކާމިޔާބު ނުވެއްޖެނަމަ، ޗައިނާގެ ޒީރޯ ކޮވިޑް ސްޓްރެޓެޖީގެ ދަށުން، އެރަށު މީހުންނަށް ދަތުރުފަތުރު ކުރުމުގައި ދިގު މުއްދަތަކަށް، ބޮޑެތި ދަތިތަކެއް ކުރިމަތިކުރަން މަޖުބޫރުވެދާނެ އެވެ.
ޗައިނާގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ޝަންހާއީން މިހާރު ވަނީ ދެ މަސް ދުވަހުގެ ވޭންދެނިވި ލޮކްޑައުނަކުން ނުކުމެފަ އެވެ.
ޝަންހާއީއިން ކޮވިޑް-19 އަށް 54 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެ މީޑިއާގައި ބުނެފައި ވެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ޕޮޒިޓިވްވެފައިވާ 70 އަށްވުރެ ގިނަ މީހުންނަކީ ކަރޯކޭ ޖޮއިންޓްތަކުން ބަލި ޖެހިފައިވާ މީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޗައިނާއިން ކޮވިޑް-19 އަށް އަލަށް 338 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. ނަމަވެސް ޗައިނާއިން މިހާރު އަމަލުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް ނަފްސާނީ ހިތްދަތިކަމާއި މާލީ ނުތަނަވަސްކަން ކުރިމަތިވެފައި ވެއެވެ. އަދި އޭގެ އިތުރުން ދުނިޔޭގެ ސަޕްލައި ޗެއިންތަކާއި ބޭރު ގައުމުތަކާއެކު އޮންނަ ވިޔަފާރިއަށް ބުރޫއަރައި، މާލީ ބާޒާރުތައް ހަލަބޮލިވެ، ނަފްސާނީ ގޮތުން އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ޗައިނާގެ ވިޔަފާރި މަރުކަޒު ޝަންހާއީގައި ދިރިއުޅޭ 25 މިލިއަން އާބާދީގެ ގިނަ ބަޔަކު ކޮވިޑް-19 ގެ މަޖުބޫރު ދެ ޓެސްޓެއް ހެދުމަށް ސިޓީގެ ވެރިން ވަނީ އަމުރުކޮށްފައެވެ.
ޝޮޕިން މޯލްތަކަށް ވަނުމަށް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓުގައި ދަތުރު ކުރުމަށް އެ ސިޓީގެ ރައްޔިތުން އާންމުކޮށް ޓެސްޓުތައް ހަދާ ކަމަށާއި ޖުލައި މަހުގެ ނިޔަލަށް ކޮންމެ ހަފުތާ ބަންދެއްގައި ވެސް މުޅި ސިޓީ ހިމެނޭ ގޮތަށް ރައްޔިތުން ޓެސްޓު ކުރުމުގައި ބައިވެރިވާން ޖެހޭ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.
އިއްޔެވެސް ޝަންހާއީގައި އިތުރު 50 ރެސިޑެންޝަލް ކޮމްޕައުންޑްތައް ބަންދުކޮށްފައި ވެއެވެ. އެއާއެކު މިހާރު ބަންދު ކޮށްފައިވާ ތަންތަނުގެ އަދަދު ވަނީ 81 އަށް އަރާފައެވެ.