ލަންކާގެ ރިއާސީ ގަނޑުވަރު ދޫކޮށް ރައީސް ގޯތާ ވަނީ ބޭރުވެ ވަދައިގެންފައެވެ. ރައިސް ވަޑައިގެންނެވި ތަނެއް ސާފެއް ނުވެއެވެ.

މީހުން ވަނީ ސުއިމިންގ ޕޫލްގައި މަޖާ ކުރަން ފަށާފައެވެ. އަދި ގަނޑުވަރުގެ އެނދުތައް މަތީގައި އެތައް ބަޔަކު އޮށޯވެ ތިބޭ މަންޒަރާއި ގަނޑުވަރުގެ ބައެއް ތަކެތި އަޖުމަ ބެލުމަށް މަސައްކަތް ކުރާ ތަންވެސް އާންމު ކޮށްފައިވާ ވީޑިއޯތަކުން ފެނެއެވެ.

ކަނޑުގެ ސިފައިންގެ ދެ އުޅަނދެއްގައި ގޯލްއިން ފޮށިތަކަކާއި މީހުންތައް އެރުވި ކަމަށްވެސް މީސްމީޑިއާގައި ބުނެއެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް ނޭނގެއެވެ.

ފުލުހުންގެ ތެރޭން ބައެއް މީހުންވެސ ްވަނީ މުޒާހަރާ ކުޜާ މީހުންނާ ގުޅިފައެވެ. ކުރިން ކާފިއު އިއުލާން ކުރުމަށްފަހު އެއީ ޣެއިރު ގާނޫނީ ކާފިއުއެއް ކަމަށް ބުން ފެށުުމުން ވަނީ ކާފިއު އުވާލާފައެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފުލުހުންނަށް އިންޒާރު ކުރައްވާފައެވެ.

ބޮޑު ވަަޒީރު ރަނިލް ވިލްރަމަ ސިންހަ ވަނީ ވެރިކަން ކުރާ ޕާޓީގެ އެމްޕީންގެ ކުއްލި ބައްދަލު ވުމަކަށް ގޮވާލައްވާފައެނެވ. އަދިވެސް މި ބައްދަލުވުމުގެ އަޕްޑޭޓެއް ނެތެވެ. ދާދި ދެންމެ އިއުލާން ކުރި ގޮތުގައި މި ބައްދަލުވުން އޮންނާނީ 4 ޖަހާ އިރުއެވެ.

ވެރިންކަން ކުރާ ޕާޓީގެ ތިން އެމްޕީއަކު ސޮއިކޮށް ނެރުނު ބަޔާނެއްގައި ރައީސަށް ގޮވާލެއްވީ އިސްތިއުފާ ދެއްވާށެވެ.