ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފިއެވެ. މުޒާހަރާގެ ބައިވެރިން ރައީސްގެ ގެކޮޅާއި އޮފީހަށް ވަދެގަތުމަށް ފަހު ޕާލަމެންޓްގައި ބޭއްވި ޕާޓީގެ ކުއްލި ބައްދަލުވުމަށްފަހު އޭނާއާއި، ރައީސް މަގާމުން ދުރަށް ވަޑައިގަތުމަށް ޕާލަމެންޓްގެ ލީޑަރުން ގޮވާލެއްވުމުން އެކަމަށް އިޖާބަ ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވުމަށް އެއްބަސްވެވަޑައި ގަތީއެވެ.