އެސްޓީއޯ ސުޕަރމާޓަށް މުދާ ގަންނަންދާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން އައުމަސް އެސްޓީއޯއިން އަންގައިފިއެވެ. އެހެން ނޫނީ ގަންނަ މުދާ އަޅައިފައިދޭ ޕްލާސްޓިކް ކޮތަޅާއި ކަރުދާސް ކޮތަޅުން އަގު ނަގާނޭ ކަމަށް އެކުންފުނީން ވަނީ ހާމަކޮށްފައެވެ. މިގޮތަށް ނިންމީ ތިމާވެއްޓަށް ގެއްލުންދޭ ޕަލާސްޓިިކް މަދުކޮށް ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުވައި އަހުލުވެރި ކުރުވުމުގެ މަގުސަދުގައެވެ.

އެސްޓީއޯއިން ވިދާޅުވެފައިވަނީ މިގޮތަށް އަމަލު ކުރައްވަށް ފަށްޓަވަނީ ޖުލައި 17 ވަނަ ދުވަހުން ފެށިގެން ކަމަށެވވެ. އެދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅަކަށް ދެރުފިޔާބައި އަދި ކަރުދާސް ކޮތަޅަކަށް 2 ރުފިޔާގެ އަގެއް ކަސްޓަަމަރުގެ އަތުން ނަގަމުން ގެންދާނޭ ކަމަށް ވިދާޅުވެފައިވެއެވެ. ސަރުކާރުން މަސައްކަތް ކުރައްވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ އެއްޗެހިވެސް ހިމަނާފައިވަނީ ތިމާވެއްޓަށް ގެއްލުންދޭ ތަކެތީގޭ ތެރޭގައެވެ.