އދއިން ކުރިން އަންދާޒާކުރި މުއްދަތަށް ވުރެން އަންދާޒާއަށްވުރެ ހަތަރު އަހަރު ކުރިން 2023 ވަނަ އަހަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް އިންޑިއާ ވެގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ.އދއިން ލަފާކުރާ ގޮތުގައި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެ އެވެ. އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އާބާދީ 8.5 ބިލިއަނަށް އިތުރު ވެފައި ވާނެއެވެ.

ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް 2022 ގެ ނަމުގައި ނެރުނު ރިޕޯޓެއްގައި ވާގޮތުން ކުރި މަގުގައި ދުނިޔޭގެ އާބާދީ އިތުރުވަމުންދާނީ 8 ގައުމެއްގައި ކަމަށް ލަފާކުރެވެއެވެ.އދގެ އަންދާސާއިން ދައްކަނީ ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ގޮތުގައި ޗައިނާ ޖަހާފައި އިންޑިއާ ކުރިއަރައިގެންދާނެ ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޗައިނާގެ އާބާދީ ޖުމުލަ ގޮތެއްގައި ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަންދާސީ ޑޭޓާ ދައްކާ ގޮތުގައި 1950 ގެ އަހަރުތަކުން ފެށިގެން އެންމެ ލަސް ދުވެއްޔެއްގައި އިތުރު ވެފައި ވަނީ 1.41 ބިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ޗައިނާއެވެ.

މީހުން މަރުވާ ރޭޓް ދަށްވުމާއި ޑިމޮގްރަފިކް ބަދަލުތަކުގެ ސަބަބުން 2037 ވަނަ އަހަރު އަންނަންވާއިރަށް މެދުތެރެއާއި ދެކުނު އޭޝިޔާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދަށް ވެދާނެކަމަށް މި އަންދާސާތަކުން ދައްކައެވެ.

އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ޔޫރަޕާއި އުތުރު އެމެރިކާގައި އާބާދީ އިތުރުވާ ނިސްބަތް ހުރީ ގާތްގަނޑަކަށް ޒީރޯގައި ކަމަށް ޑޭޓާއިން ދައްކައެވެ.

ދުނިޔޭގެ އާބާދީ އިތުރަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ގޮތަކީ، 2050 ވަނަ އަހަރު ދުނިޔޭގައި އުޅޭނީ 9.7 ބިލިއަން މީހުންނެވެ. އަދި 2100 ވަނަ އަހަރު 10.4 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.