ޗައިނާއާއި ރަޝިޔާއާއިން ޖަޕާނާ ކައިރި ސަރަހައްދުގައި ނުތަނަވަސްކަން އިތުރު ކުރުމާއެކު އެމެރިކާ އާއި ޖަޕާނުގެ 50 އަށް ވުރެ ގިނަ ހަނގުރާމަމަތީ މަތިންދާ ބޯޓް މި ހަފުތާގައި ވަނީ ޖަޕާނު ކައިރިން ހަރަކާތްތެރިކޮށްލާފައެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ތަމްރީނުތަކުގައި އެމެރިކާގެ ވައިގެ ސިފައިންނާއި އެފް-22 ސްޓެލްތް ފައިޓަރ މަތިންދާބޯޓާއި އެފް-35 ގެ ބޯޓާއި އެފް-15 ގެ މަތިންދާ ބޯޓުތައް އުދުއްސާފައިވާ ނެކަމަށެވެ.
ޖަޕާނާއި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުދުއްސާލީ ޖަޕާން، ޕެސިފިކް ކަނޑު އަދި އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދުގައެވެ. މި ތަމްރީންތަކުގައި ޓެކްޓިކަލް ސްކިލްސް އާއި ޖޮއިންޓް ރެސްޕޮންސް ކެޕޭސިޓީ ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް ޖަޕާނުން ބުންޏެވެ.
މި ހަފްތާގެ އެކްސަސައިޒްތަކާ ބެހޭ ގޮތުން އެމެރިކާގެ ވައިގެ ސިފައިން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ ސާވިސް އިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަވާއީ އެއާ ނޭޝަނަލް ގާޑުންގެ މަތިންދާ ބޯޓުތައް އޮކިނާވާގެ ކަދީނާ އެއާ ބޭސްއަށް ފޮނުވާފައިވާ ކަމަށެވެ.
އެމެރިކާއިން ބުނީ އެމެރިކާގެ ވައިގެ ސިފައިން ޖަޕާނުގައި ތިބީ ޖަޕާނުގެ ޑިފެންސް އޮޕަރޭޝަނަލް ތައްޔާރީތައް އިތުރުކޮށް، މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވުމަށް ތަފާތު މިޝަންތައް ހިންގުމަށް ކަމަށެވެ.
މި ހަފްތާގައި އެމެރިކާ އާއި ޖަޕާނުގެ ކަނޑިގެ ސަރަހައްދު ބަލަހައްޓާ ޕެޓްރޯލް މަތިންދާ ބޯޓުތަކުން ވަނީ ޓައިވާނާ އެންމެ ކައިރީގައި އޮންނަ ޖަޕާނުގެ ސަރަހައްދެއް ކަމަށްވާ ނަންސޭ އައިލެންޑްސް ކައިރީގައި އަދި ސެންކަކޫ އައިލެންޑްސް ކައިރީގައި ވެސް ތަމްރީންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ޖަޕާނުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ތަމްރީންތަކަކީ ޖަޕާން-އެމެރިކާ އިއްތިހާދުގެ ގާބިލްކަން އިތުރުކޮށް، ހަރުދަނާކަމާއެކު ޗައިނާއާ ކުރިމަތިލުމަށް މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީނެއް ކަމަށެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނީ ޗައިނާގެ ކޯސްޓްގާޑާއި ކަނޑުގެ އަސްކަރިއްޔާގެ މަނަވަރުތަކުން މިއަހަރު ވެސް ސެންކަކޫސްގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ރެކޯޑް އަދަދަކަށް ވަގުތު ހޭދަކުރަމުން އަންނަ ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މި އަހަރުގެ ކުރީކޮޅު ސީއެންއެން އަށް ބުނެފައި ވަނީ ޖަޒީރާރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑުން ޕެޓްރޯލް ކުރުމަކީ "ޗައިނާގެ ސިޔާދަތީ ހައްގުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފުމަށް" ކުރާ ކަމެއް ކަމަށެވެ.
އެގޮތުން ޗައިނާ އާއި ރަޝިއާގެ ހަނގުރާމަމަތީ މަނަވަރުތައް ޖަޕާނުގެ ވަށައިގެން ވާ ސަރަހައްދުގައި ހަރަކާތްތެރިވުން މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅު ޓޯކިޔޯއިން ބުނީ ޖަޕާނާއި ރަޝިޔާގެ ޖުމްލަ 8 ބޯޓު ޖަޕާނު ކައިރިން ކަނޑުގެ ސަރަހައްދުން ފެނިފައިވާކަމަށެވެ.
ޖަޕާނުގެ ޖަޒީރާރަށްތަކުގެ ކައިރިން ރަޝިޔާގެ ފަސް މަނަވަރު ގެ ފުޅަނދެއް ހަފްތާއެއް ވަންދެން އުތުރުގެ ހޮކައިޑޯއިން ދެކުނުގެ އޮކިނާވާއަށް ދަތުރުކުރިއެވެ.
އެގޮތުން ވެރިރަށް ޓޯކިޔޯގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު (310 މޭލު) ދުރުގައި އޮންނަ އިޒޫ އައިލެންޑްސް ކައިރިން ޗައިނާގެ ދެ ހަނގުރާމަމަތީ މަނަވަރާއި ސަޕްލައި ޝިޕް ވަނީ ފެނިފައެވެ. އޭގެ ތެރެއިން އެއް ބޯޓަކަށް ފެނިގެންދިޔައީ ޓައިޕް 55 ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ އަދި ޗައިނާގެ އެންމެ ބާރުގަދަ އެއ މަނަވަރު ކަމަށްވާ "ލަހާސާ" އެވެ.
މި ހަފްތާގެ އެކްސަސައިޒްތައް ދިމާވީ އެމެރިކާގެ ވައިގެ ސިފައިން އެގައުމުގެ އެންމެ މުހިންމު އަސްކަރީ ބޯޓިތައް އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދަށް ބަދަލުކުރުމާ ގުޅިގެންނެވެ.