މީގެ ދެ އަހަރު ކުރިން ކޮރޯނާވައިރަސްގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފެށި ފަހުން ޗައިނާގެ އިގުތިސާދު އެންމެ މަޑު ދުވެއްޔެއްގައި ކުރިއަރާފައިވަނީ، މިފަހަރެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރިޕޯޓުކުރި ޗައިނާގެ އިގްތިސާދު ކުރިއަރާފައިވާ ގައުމުގެ ޖުމުލަ އުފެއްދުން ދައްކަނީ 0.4 އިންސައްތަ އިގައެވެ. މިއީ އިކޮނޮމިސްޓުންގެ އަންދާޒާތަކަށް ވުރެ %1.2 ގެ މަދު އަދަދެކެވެ.

އޭގެ މާނައަކީ، ބެއިޖިންގއިން މުޅި އަހަރަށް ކަނޑައަޅާފައިވާ %5.5 ގެ ކުރިއެރުމުގެ އަމާޒަށް ވާސިލުނުވެ، އިޤްތިޞާދަށް ހީނަރުކަން އަންނާނެކަމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ކަމެވެ.

ޖޫން މަހު އިޤްތިޞާދު ރަނގަޅުވީ ކޮރޯނާވައިރަސްގެ ކޭސތައް ދަށަށް ގޮސް، ސަރުކާރުން ޓެކްސްތައް ކަނޑާލައި، އިންފްރާސްޓްރަކްޗަރއަށް ކުރާ ހޭދަ އަވަސްކުރުމުން ކަމަށް ރަސްމީ ޑޭޓާ ދައްކައެވެ. ނަމަވެސް ރައީސް ޝީ ޖިންޕިން ގެންދަވަނީ ކޮވިޑް-19 ގެ ބަލި މަޑުކަން ނައްތާލުމަށް ގެންގުޅުއްވާ "ކޮވިޑް ޒީރޯ" ސިޔާސަތަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވަމުންނެވެ.

ޗައިނާ އިގްތިސަދު މި އަހަރަށް 4 ޕަސެންޓަށް ކުރިއަރަން ބޭނުން ނަމަ އަހަރުގެ ދެ ވަނަ ބައިގައި ވަރަށް ވަރުގަދަ ރިކަވަރީއެއް ބޭނުންވާނެ ކަމަށް މުހައްލިލުން ބުނެއެވެ.

ޝަންހާއީގެ ލޮކްޑައުންގެ ސަބަބުން ލިބުނު ބޮޑު ގެއްލުންތައް ޑޭޓާއިން ސާފުވެފައި ވެއެވެ. ދެވަނަ ކުއާޓަރުގައި އެ ސިޓީގެ އިޤްތިޞާދު ވަނީ %13.7 ށް ކުޑަވެފައެވެ.