މާލޭގެ އިތުރުން ލ. އަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެކަމަށް ބޭނުންވާ 41 ބަހުގެ ތެރެއިން އެމްޓީސީސީން މިއަދުވަނީ 36 ބަސް ރާއްޖެ ގެނެސްފައެވެ. އެއީ ވިއްސާއި ފަންސަވީހާ ދެމެދުގެ ޖާގައިގެ ބަސްތަަކެކެވެ. މިއީ އިލެކްޓްރިކް ބަސްތަކެކެވެ.

އެމްޓީސީސީން މަސައްކަތް ކުރައްވަނީ މި މަހުގެ 31 ގެ ކުރިން އެޚިދުމަތް ފެށުމަށެވެ. މި ޚިދުމަތް ފެށުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެެވެ.

މި ޚިދުމަތަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޚިދުމަތުގެ ސަބަބުން މާލޭގެ އާންމު ޓްރާންސްޕޯޓަށް ވަރަށް ފަސޭހަވެގެންދާނޭ ކަމަށް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.