ވިކީ ކްޝާލް އާއި ކެތްރީނާ ކައިފް ރާއްޖޭގައި ޗުއްޓީހޭދަކުރުމަށް ފަހު އެނބުރި އިންޑިއާ އަށް ދިޔައީ ފާއިތުވި ހަފުތާގައެވެ. އެހެންނަމަވެސް އެމީހުން ދިވެހިރާއްޖެއަށް ކުރި ދަތުރުތަކުގެ ހަނދާންތައް އާކޮށް ކޮންމެ ދުވަހަކުވެސް ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން ދެއެވެ.

މިއަދު ވިކީ ކްޝާލް ހިއްސާ ކުރީ، އެމީހުންގެ ގުރޫޕު ރާއްޖެ އައިސް، އެންމެން އެކީ މޭޒެއްގެ ކައިރީ ކުރުނބާ ބޯން ތިބި ފޮޓޮއެކެވެ.

އިއްޔެވެސް އޭނާ ރާއްޖޭއަށް ކުރި ދަތުރުގެ ފޮޓޮއެއް ހިއްސާކުރިއެވެ. އެ ފޮޓޯގައި ކެތްރީނާ އިނީ ރިސޯޓުގެ ބޭރު ސޯފާއެއްގައެވެ. ފޮޓޯގެ ތރީގައި ލިޔެފައިވަނީ "އަހަރެންގެ ހިތް ހިނގައްޖެ" މިހެނެވެ. ވިކީގެ އިތުރަށް ކެތްރީނާވެސް މި ދަތުރުގެ ފޮޓޯތައް ހިއްސާކޮށް ދަތުރުގެ ހަނދާންތައް އާކުރަމުން ގެންދެއެވެ.

ވިކީ ކްޝާލް އާއި އާއިލާ އަދި އެކުވެރިން ރާއްޖެ އައީ ކެތްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ. ކެތްރީނާ އަށް 39 އަހަރުވީ މި ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. މި ދަތުރުގައި އެދެމެފިރިންނާއެކު އާއިލާގެ ވަރަށް ގިނަ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރި ވިއެވެ.