ޗައިނާއިން ބުނާ ގޮތުގައި އޭޝިއާ އާއި އެފްރިކާގެ އެކި ކަންކޮޅުތަކުގައި ބަނދަރާއި އެހެނިހެން އިންފްރާސްޓްރަކްޗާތައް ބިނާކުރުމަށް ޗައިނާއިން އިސްނަގައިގެން ހިންގާ މަޝްރޫއުތަކުން އެގައުމުތައް ތަރައްގީ ވާނެއެވެ. ނަމަވެސް، ސްރީލަންކާގެ ހާލަތުން ލޯނު ނަގާ ފަރާތްތަކަށް ސަމާލުވުމަށް ގޮވާލާ ގޮވާލުންތައް ވަނީ އިތުރު ވެފައެވެ.

ސްރީލަންކާގެ އެތައް ބިލިއަން ޑޮލަރެއްގެ ދަރަނީގެ ސަބަބުން، ކުރިމަތިވެފައިވާ މާލީ މައްސަލަ ހައްލުކުރުކުގެ މަސައްކަތަށް ބެއިޖިންގ ގެ ސަބަބުން ހުރަސް އެޅިދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

އިންޑިއާ ކަނޑުގެ ގައުމުތަކަށް ކާބޯތަކެއްޗާއި ހަކަތަ އުފައްދަން ބޭނުންވާ ސާމާނު އެތެރެ ނުކުރެވޭނެ ފަދަ ވަރުގަދަ މާލީ ކާރިސާއެއް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް މީޑިއާއިން ބުނެއެވެ.

ސްރީލަންކާގެ މި އިގްތިސާދީ ކާރިސާއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އުދަގޫ ހަނގުރާމައެކެވެ. ނަމަވެސް، މިއީ އޭޝިއާ އާއި އެފްރިކާގެ އެންމެ ފަގީރު ގައުމުތަކާއި ދެކުނު ޕެސިފިކްގެ ޖަޒީރާ ރަށްތަކުގެ ތެރެއިން އެތައް ގައުމެއްގެ ހާލަތު ދައްކުވައިދޭ މަންޒަރެކެވެ. މި ގައުމުތަކަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ސޮއިކޮށްފައިވާ ގައުމެކެވެ. ފަގީރު ގައުމުތަކުގެ ޖުމްލަ ދަރަނި ބޮޑުވެ، ރިސްކު ތައް ބޮޑުވެފައި ވެއެވެ.

ސްރީލަންކާގެ 22 މިލިއަން މީހުންގެ ހާލު ވަރަށް ދަށަށް ގޮސްފައި ވެއެވެ. އޭޕްރީލް މަހު ބޭރު ފައިސާ ހުސްވެ، ކާބޯތަކެތީގެ ދަތިކަމާއި، ކަރަންޓް ކަނޑާލުމާއި، ބޮޑުވަޒީރަކު އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި މުޒާހަރާތައް ވެސް ވަނީ މެދުނުކެނޑި ކުރިއަށް ގޮސްފައެވެ. ސްރީލަންކާއިން ވަނީ ޗައިނާ، ޖަޕާން އަދި ބޭރުގެ ލޯނުދޭ ފަރާތްތަކަށް ދޭން ޖެހިފައިވާ 51 ބިލިއަން ޑޮލަރުގެ ދަރަނީގެ ފައިސާ ދެއްކުން މެދުކަނޑާލާފައެވެ.

ޗައިނާ ފައިނޭންސިންއަށް ސްރީލަންކާ އާއި އޭޝިއާގެ ފަގީރު އެހެން ގައުމުތަކުން މަރުހަބާ ކިޔައިފައިވެއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ބުނެފައިވަނީ އިޤްތިޞާދުތައް ކުރިއަރަމުން އަންނަ މިންވަރު ހިފެހެއްޓުމަށް އޭޝިއާ ސަރަޙައްދުން އަހަރަކު 1.7 ޓްރިލިއަން ޑޮލަރު އިންފްރާސްޓްރަކްޗަރއަށް އިންވެސްޓްކުރަން ޖެހޭކަމަށެވެ. އެކަމަކު، ސްރީލަންކާގެ ސަރުކާރުން ކުރާ ހޭދައަށް ފާޑުކިޔާ ސްރީލަންކާގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ޗައިނާއިން އިސްނަގައިގެން ހިންގާ މަޝްރޫއުތަކަށް ބޮޑު ޚަރަދެއް ކުރެވި އެކަމުން އިގުތިސޯދަށް ކުރާ ފައިދާ ކުޑައެވެ.ޖަޕާނާއި އޭޑީބީއަށްފަހު ސްރީލަންކާގެ ކްރެޑިޓަރުންގެ ތެރޭގައި ޗައިނާ ތިންވަނައިގައި އޮތީ ޗައިނާއެވެ. އަދި ދަރަނީގެ 10 އިންސައްތަ ހިއްސާކުރަނީ ޗައިނާއިން ނެވެ.

ބެއިޖިން އިން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި "އީޖާބީ ދައުރެއް އަދާކުރާނެ" ކަމަށް ވައުދުވެފަ އެވެ. އެހެންނަމަވެސް ޗައިނާއިން ވަނީ ލަންކާގެ ދަރަނި ކުޑަކުރެވޭނެ ފަދަ ޕްރޮސެސްއެއްގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު، އިކޮނޮމިސްޓް ޑަބްލިއު.އޭ ވިޖެވަރުދަނާ ވިދާޅުވަނީ ޗައިނާއިން ސްރީލަންކާއަށް ދަރަންޏަށް ލުޔެއް ދީފިނަމަ، ޗައިނާގެ ލޯނު ނަގާފައިވާ އެހެން ފަރާތްތަކަށްވެސް ހަމަ އެ ލުއި ދޭން ޖެހޭނެ ކަމަށެވެ. އެކަމުގެ ތެރެއަށް ވަންނަން ބެއިޖިންގ އިން ބޭނުން ނުވަނީ ކަމަށެވެ.ޗައިނާއިން ދަރަނި ކުޑަވިޔަ ނުދިނުމަށް މަސައްކަތް ކޮށްފިނަމަ، އައިއެމްއެފްގެ މަޝްވަރާތަކަށް ބުރޫ އަރާފާނެ ކަމަށް ނުވަތަ ޕްރައިވެޓް ސެކްޓާގެ ކްރެޑިޓަރުންނަށް އިތުރު ފައިސާ ހިފެހެއްޓުމަށް ބާރަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.ބެއިޖިންއިން އެއްބާރުލުން ނުދިނުމަކީ "ސްރީލަންކާގެ ދަރަނި އަނބުރާ ހޯދުމުގެ ދަތުރު ވަރަށް ބޮޑަށް ކޮމްޕްލިކޭޓް ވެގެންދާނެ ކަމެއް،" އެހެން ތަޖުރިބާކާރަކު ވިދާޅުވި އެވެ.ބައެއް އެހެން ގައުމުތަކުގެ ސަރުކާރުތަކަށް ވެސް ވަނީ ކުދި ކުދި ކާރިސާތަކާ ކުރިމަތިލާން ޖެހިފަ އެވެ. ކެންޔާގައި ޓްރަކް ޑްރައިވަރުން މުޒާހަރާ ކުރީ، ޗައިނާއިން ބިނާކޮށްފައިވާ ރޭލްވޭއަކަށް ފައިސާ ދެއްކުމަށް ތެލުން ޓެކްސް އެއް ނެގުމާ ގުޅިގެންނެވެ. އަނެއް ބަޔަކު ވަނީ މަޝްރޫއުތައް ކެންސަލްކޮށް ނުވަތަ ސްކޭލްކޮށް ނުވަތަ ކުޑަ ކޮށްފައެވެ. މެލޭޝިޔާއިން 2019 ވަނަ އަހަރު ބިނާ ކުރަން ރާވާފައިވާ ރޭލްވޭއެއް ކުރިއަށް ނުގެންދާން ނިންމީ މަޝްރޫއުގެ އަގުބޮޑ ވެގެންނެވެ.

ތައިލޭންޑުން ހައި-ސްޕީޑް ރޭލްވޭއަކާ މެދު އަލުން މަޝްވަރާކުރަން ނިންމާފައިވަނީ، ތައިލޭންޑުގެ ކުންފުނިތަކަށް މާބޮޑު މަސައްކަތެއް ނުލިބޭނެ ކަމަށް ބުނެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެންނެވެ.ޗައިނާއިން ވަނީ ކޮންމެވެސް ވަރެއްގެ ދަރަންޏެއް ރީސްޓްރަކްޗާ ކޮށްފަ އެވެ. އިތިއޯޕިއާއިން 2018 ވަނަ އަހަރު ބެއިޖިންއަށް ބާރުއެޅީ ބައެއް އިންޓްރެސްޓް މައާފުކޮށް ދިނުމަށާއި، 4 ބިލިއަން ޑޮލަރުގެ ރޭލްވޭއަކަށް 10 އަހަރުގެ ލޯނެއް އަނބުރާ ދެއްކުމުގެ މުއްދަތު 30 އަހަރަށް އިތުރުކުރުމަށެވެ. އަދި އަހަރީ ޕޭމަންޓްތައް ކުޑަކުރި ނަމަވެސް އިންޓްރެސްޓް ޗާޖުގެ ގޮތުގައި އިތުރު ދެ އަހަރު ވަނީ އިތުރުކޮށްފަ އެވެ.

ސްރީލަންކާގެ އިންވެސްޓްމެންޓްތަކުގެ އިލްޒާމު ރައްޔިތުން އަރުވަނީ ވެރިންގެ ބޮލުގައެވެ. މީޙުންގެ ޝަކުވާއަކީ ބޭރު ފައިސާއިން "އެއްވެސް ފައިދާއެއް ނުލިބޭ މީހުން އުޅޭ ހިސާބުތަކާ ދުރުގައި ހައިވޭތަކާއި އެއާޕޯޓްތަކާއި ކޮންވެންޝަން ހޯލްތައް ހަދާފައި ބޭރުން ލޯނުތައް ނެގުމުން ދަރަނި ވެރިވީ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ކަބީރު ހާޝިމް ވިދާޅުވި އެވެ. މިހާރު ލޯނު ދައްކަން ޖެހިފަައި އޮތް އޮރު ލަންކާއަކަށް ޑޮލަރެއް ނުވަނދެއެވެ.